Advertisement

އުދިނޭޒީގެ ކޯޗަކަށް ކަނަވާރޯ

23 އޭޕްރީލް 2024 - 10:42 0


އުދިނޭޒީގެ ކޯޗަކަށް ކަނަވާރޯ

23 އޭޕްރީލް 2024 - 10:42 0

މިލާން (23 އޭޕްރީލް) - އިޓާލިއަން ސީޜިއާގެ އުދިނޭޒީގެ ކޯޗަކަށް އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ހަމަޖައްސައިފި އެވެ.

އިޓާލިއަން ލީގު ތާވަލުގެ 17 ވަނައިގައި އޮތް އުދިނޭޒީ އިން ކަނަވާރޯ ކޯޗަކަށް ހަމަޖެއްސީ އެ ޓީމުގެ ކޯޗުކަމުން ގެބްރިއެލް ޗިއޯފީ ވަކިކުރުމަށްފަހު އެވެ.

ކަނަވާރޯ ،50، އުދިނޭޒީގެ ކޯޗަކަށް ހަމަޖެއްސީ މި ސީޒަންގެ ނިޔަލަށެވެ. ކަނަަވާރޯ އަށް ހަވާލުކޮށްފއަިވަނީ އުދިނޭޒީ ރެލިގޭޝަނުން ސަލާމަތްކުރުމުގެ މަސައްކަތެވެ. އިޓާލިއަން ލީގުގައި އުދިނޭޒީ އަށް ބާކީ އޮތީ ހަ މެޗެވެ. މި ސީޒަންގެ އިޓާލިއަން ލީގުގައި އުދިނޭޒީ މޮޅުވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ.

އިޓަލީގެ ގައުމީ ޓީމާއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި ކަނަވާރޯ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި ސައޫދީ އަރަބިއްޔާ އާއި ޗައިނާގެ ކްލަބުތަކާއި ޗައިނާގެ ގައުމީ ޓީމު އަދި އިޓަލީގެ ބެނެވެންޓޯގެ ކޯޗަކަށް މަސައްކަތްކޮށްފައެވެ.

އުދިނޭޒީގައި ކަނަވާރޯގެ އެހީތެރިއަކަށް ހަމަޖައްސާފައިވަނީ އޭނާގެ ކޮއްކޮ ޕައޯލޯ ކަނަވާރޯއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2006 ވަނަ އަހަރު ހޯދި ކަނަވާރޯ އަކީ މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެވެ. ކެރިއަރުގައި އޭނާ ވަނީ ޕާމާ އާއި ޔުވެންޓަސް އަދި ރެއާލް މެޑްރިޑަށް ކުޅެފައެވެ.