Advertisement

ރަޝިއާއިން އިންޑިއާއަށް ހަތިޔާރުތަކެއް ފޯރުކޮށްދީފި

9 އޭޕްރީލް 2024 - 08:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާއަށް ރަޝިއާއިން ފޯރުކޮށްދިން އިގްލާ-އެސް މޭން ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމް --


ރަޝިއާއިން އިންޑިއާއަށް ހަތިޔާރުތަކެއް ފޯރުކޮށްދީފި

9 އޭޕްރީލް 2024 - 08:28 0

ރަޝިއާއިން އުފައްދާފައިވާ ހަތިޔާރުތަކެއް އެ ގައުމުން އިންޑިއާއަށް ފޯރުކޮށްދީފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ ރަޝިއާއިން އިންޑިއާއަށް ފޯރުކޮށްދީފައި ވަނީ 24 އިގްލާ-އެސް މޭން ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމާއި، 100 މިސައިލް ކަމަށެވެ.

މި ހަތިޔާރުތައް އިންޑިއާއަށް ރަޝިއާއިން ފޯރުކޮށްދީފައި ވަނީ ދެ ގައުމުން މިދިޔަ ނޮވެމްބަރު މަހު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން ޖުމްލަ 400 މިސައިލް އިންޑިއާއަށް ފޯރުކޮށްދޭނެ އެވެ. އަދި އެހެން ހަތިޔާރު ވެސް ހިމެނެ އެވެ.

އިންޑިއާ އާއި ރަޝިއާއާ ދެމެދު ގާތް ގުޅުމެއް އޮވެ އެވެ. އެގޮތުން ރަޝިއާއިން އިންޑިއާއަށް ފޮނުވާ ހަތިޔާރުގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.