Advertisement

މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އާއި ޖަރުމަނާއި ޔޫކޭއިން

8 އޭޕްރީލް 2024 - 18:50 0

ވެލާނާ އެއާޕޯޓުގެ ފާލަން ދޮށުގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން: މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ހަ ލައްކަ ޓޫރިސްޓުން ޒިޔާރަތްކުރި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އާއި ޖަރުމަނާއި ޔޫކޭއިން

8 އޭޕްރީލް 2024 - 18:50 0

ހުސްވި މާޗު މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ރަޝިއާ އާއި ޖަރުމަނާއި ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އިން ކަމަށް އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން ޝާއިއުކޮށްފައިވާ މާޗުގެ އެރައިވަލް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 194،222 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 20،708 ޓޫރިސްޓުން އިތުރު އަދަދެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  1. ރަޝިއާ - 21،906
  2. ޔޫކޭ - 21،785
  3. ޖަރުމަނީ - 21،176
  4. އިޓަލީ - 18،897
  5. ޗައިނާ - 13،609

މާޗު މަހު އައި ޓޫރިސްޓުންނާ އެކީ، މި އަހަރުގެ ފުރަތަމަ ތިން މަހު (ފުރަތަމަ މާލީ ކުއާޓާ) ގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ހަ ލައްކައަށް އަރަ އެވެ. މިއީ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި ކުއާޓާ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމަކި ރަޝިއާ ނަމަވެސް، މުޅި އަހަރަށް ބަލާއިރު އަދިވެސް އެއް ނަމްބަރު މާކެޓުގެ ގޮތުގައި އޮތީ ޗައިނާ އެވެ. ދެވަނައިގައި އޮތީ ރަޝިއާ އެވެ. ގަދަ ފަހެއްގައި ދެން ހިމެނެނީ ޔޫކޭ އާއި އިޓަލީ އާއި ޖަރުމަނެވެ.