Advertisement

އީ-ޕާސްޕޯޓުގެ ސްޓޮކު އަދިވެސް ނުލިބޭ

17 އޭޕްރީލް 2024 - 10:20 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ސްޓޮކް ހުސްވުމުގެ ސަބަބުން އީ-ޕާސްޕޯޓަށް އެދި ހުށަހެޅުން އަދިވެސް މެދުކެނޑިފަ -- ފޮޓޯ: އިމިގްރޭޝަން


އީ-ޕާސްޕޯޓުގެ ސްޓޮކު އަދިވެސް ނުލިބޭ

17 އޭޕްރީލް 2024 - 10:20 0

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް ހުސްވެ، އެ ބާވަތުގެ ޕާސްޕޯޓަށް އެދި ހުށަހެޅުން އަދި ވެސް އޮތީ ހުއްޓިފައި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުގެ ހިދުމަތްތަކަށް އެދި ހުށަހަޅާ "އިމުގާ" ވެބްސައިޓުން ދައްކާ ގޮތުގައި އީ-ޕާސްޕޯޓަށް އެދި ހުށަހެޅުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނީ އޭޕްރީލް 15، ގެ ފަހުން އީ-ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް، އީ-ޕާސްޕޯޓުގެ ސްޓޮކް ލިބޭނީ މިމަހުގެ ތެރޭގައި ކަމަށާއި ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށް އިމިގްރޭޝަނުން މިއަދު ބުންޏެވެ.

މެދުކަނޑާލާފައި ވަނީ 48 ސަފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތެވެ. އަދިވެސް 32 ސަފުހާގެ އާދައިގެ ޕާސްޕޯޓަށް ހުށަހެޅޭނެ އެވެ.

އީ-ޕާސްޕޯޓުގެ ޒަރިއްޔާއިން އަމިއްލައަށް ޗެކް-އިން ވެވޭ އީ-ގޭޓުގެ ހިދުމަތް ބޭނުންކުރެވޭނެ އެވެ. އީ-ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން ނަގާފައިވާ ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް އެ ގޭޓުން ކަށަވަރު ކުރާނެ އެވެ. އަދި އީ-ޕާސްޕޯޓާއިއެކު ގިނަ އިރު ކިޔުގައި މަޑުކުރަން ނުޖެހި އެއާޕޯޓުގެ ގިނަ ހިދުމަތްތަކެއް ލިބޭނެ އެވެ.