Advertisement

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ މެޗުތައް މީޑިއާނެޓުން ބަލާލެވޭނެ

8 އޭޕްރީލް 2024 - 17:26 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ މެޗުތައް މީޑިއާނެޓުން ބަލާލެވޭނެ

8 އޭޕްރީލް 2024 - 17:26 0

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހިސާބަށް ޓީމުތައް ދަތުރު ކޮށްފައިވާއިރު، މާދަމާއިން ފެށިގެން މެޗުތައް މީޑިއާނެޓުން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުއާޓާގައި ވާދަކުރާ ޓީމުތައް:

• އާސެނަލް – އިންގްލިޝް ޕްރިމިއާ ލީގު

• ބަޔާން މިއުނިކް – ޖަރުމަނު ބަންޑަސްލީގާ

• ރިއާލް މެޑްރިޑް – ސްޕެނިޝް ލަލީގާ

• މެންޗެސްޓާ ސިޓީ – އިންގްލިޝް ޕްރިމިއާ ލީގު

• ޕީ.އެސް.ޖީ – ފްރެންޗް ލީގް 1

• ބާސެލޯނާ – ސްޕެނިޝް ލަލީގާ

• އެޓްލެޓިކޯ މެޑްރިޑް – ސްޕެނިޝް ލަލީގާ

• ބްރޫޝިއާ ޑޯޓްމަންޑް – ޖަރުމަނު ބަންޑަސް ލީގާ

ކުއާޓާ ފައިނަލުގެ މެޗުތަކުގެ ފުރަތަމަ ލެގު ކުޅޭނީ އޭޕްރިލް، 10 އަދި 11 ގަ އެވެ. ދެވަނަ ލެގު ކުޅޭނީ އޭޕްރިލް. 17 އަދި 18 ގަ އެވެ.

ކުއާޓާގައި ކުޅޭ މެޗުތައް:

އާސެނަލް – ބަޔާން މިއުނިކް: އޭޕްރިލް، 10، 00:00 ގައި

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުންދާ އާސެނަލް ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯ 4-2 ގެ އެގްރިގޭޓުން ބަލިކުރުމަށްފަހުއެވެ. ބަޔާން މިއުނިކް ކުއާޓާަށް ދަތުރުކުރީ ފަސޭހަކަމާއެކު އިޓަލީގެ ލާޒިއޯ މައްޗައް 3-0 ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ބަޔާން މިއުނިކަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު، އާސެނަލް ކުއާޓާ ފައިނަލަށް ދަތުރުކުރީ ގިނަ އަހަރުތަކެއް ވަންދެން ގަދަ 16 އަށް ވުރެން ކުރިއަށް ނުދެވި ހޭދަކުރުމަށްފަހު އެވެ.

ރެއަލް މެޑްރިޑް – މެންޗެސްޓާ ސިޓީ : އޭޕްރިލް، 10، 00:00 ގައި

މި ދެޓީމަކީ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެ ޓީމެވެ. ރެއަލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމަށް ވާއިރު، މެންޗެސްޓާ ސިޓީއަކީ މިހާރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ސްޓޭޖުގައި އާންމު ނަމަކަށްވަނީ ވެފަ އެވެ.

ރެއަލް މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރުކުރީ ވަރުގަދަ ކުރިމަތިލުމަކަށްފަހު 2-1 އެގްރިގޭޓުން ޖަރުމަނުގެ ލައިޕްޒެގް މައްޗައް ކުރިހޯދައިގެންނެވެ. އަނެއްކޮޅުން މެންޗެސްޓާ ސިޓީއިން ވަނީ ފަސޭހަކަމާއެކު 6-2 ގެ އެގްރިގޭޓުން ގަދަ 16ގައި އެފްސީ ކޯޕަންހޭގަން ބަލިކޮށްފަ އެވެ.

ޕީ.އެސް.ޖީ – ބާސެލޯނާ: އޭޕްރިލް، 11 00:00 ގައި

ތާރީޚީގޮތުން މިދެޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފޯރިގަދަ އެއްމެޗު ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. އަދި ގިނަ ތަރިންތަކެއް ވަނީ މި ދެޓީމުން އެއްޓީމުން އަނެއް ޓީމަށް ޓްރާންސްފާތަކެއް ހަދާފަ އެވެ. އޭގެ ތެރޭގައި ލިއޮނެލް މެސީ، ނޭމާ އަދި ޑެމްބެލޭ ފާހަގަކޮށްލެވެ އެވެ.

ބާސެލޯނާ ކުއާޓާއަށް ދަތުރު ކުރީ ވަރުގަދަ ނަޕޯލީ 4-2 ގެ އެގްރިގޭޓުން ބަލިކުރުމަށްފަހު އެވެ. ޕީ.އެސް.ޖީ އިން ވަނީ ސްޕެއިންގެ ރިއަލް ސޮސިއެޑާޑް 4-1 ގެ އެގްރިގޭޓުން ބަލިކޮށްފަ އެވެ. މި މެޗަކީ ދުނިޔޭގެ އެންމެ ބޮޑެތި ތަރިން އަދި ޒުވާން މޮޅެތި ކުޅުންތެރިން ފެނިގެންދާނެ މެޗެކެވެ.

އެޓްލެޓިކޯ މެޑްރިޑް – ބްރޫޝިއާ ޑޯޓްމަންޑް: އޭޕްރިލް، 11، 00:00 ގައި

މި ދެޓީމަކީވެސް ޗެމްޕިއަންސް ލީގުގެ މި ސްޓޭޖާއި ރައްޓެހި ދެ ޓީމެވެ. ބްރޫޝިއާ ޑޯޓްމަންޑްއިން ގަދަ 16ގައި ބައްދަލުކުރީ ނެދަލޭންޑްސްގެ ޕީ.އެސް.ވީއާ އެވެ. އެގްރިގޭޓް 3-1 އިން ޑޯޓްމަންޑްއިން ވަނީ ކުރި ހޯދާފަ އެވެ.

އެޓްލެޓިކޯ ބައްދަލުކުރީ އިޓަލީގެ ރަސްކަން ކުރަމުންދާ ޓީމު އިންޓަ މިލާނާ އެވެ. ފޯރިގަދަ ކުޅުމަކަށްފަހު އެގްރިގޭޓުން ވެސް އެއްވަރު ވުމުން ނަތީޖާނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. 3-2 އިން ޕެނަލްޓީއިން ކުރި ހޯދީ އެޓްލެޓިކޯ މެޑްރިޑެވެ.

ފުރަތަމަ ލެގަށް ފަހު ދެވަނަ ލެގުގެ މެޗުތައް އޮންނާނީ ހަމަ މި އޭޕްރިލް، 17 އަދި 18 ގަ އެވެ. ސެމީ ފައިނަލަށް ދަތުރުކުރާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލް މެޗުތަކުގެ ފުރަތަމަ ލެގު ކުޅެވިގެންދާނީ އޭޕްރިލް 30 ވަނަ ދުވަހު އެވެ.

ދުނިޔޭގެ އެންމެ ބޮޑު ހަތަރު ލީގުގެ އިތުރުން ފުޓޫބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތްތައް މީޑިއާނެޓުން އަންނަނީ ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ. ޓީވީގެ އިތުރުން މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެ ވެސް މެޗުތައް ވަގުތުން ބެލޭނެ އެވެ.