Advertisement

މިއީ ދެ މޫސުން ބެދޭ ދުވަސްކޮޅު، މިރޭވެސް މޫސުން ގޯސްވާނެ: މެޓް

7 އޭޕްރީލް 2024 - 12:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މިއީ ދެ މޫސުން ބެދޭ ދުވަސްކޮޅު، މިރޭވެސް މޫސުން ގޯސްވާނެ: މެޓް

7 އޭޕްރީލް 2024 - 12:30 0

މިއީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ދުވަސްކޮޅު ކަމަށާއި، މިރޭ ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

މެޓު އޮފީހުން ހިއްސާކޮށްފައިވާ ސެޓްލައިޓު ފޮޓޯއިން ފެންނަ ގޮތުގައި ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ މަތި ވަނީ ވިއްސާރަ ވިލާއިން ފުރާލައިފަ އެވެ.

މެޓް އޮފީހުގެ އެސިސްޓެންޓް މިޓްރޮލޮޖިސްޓް ތަހުމީނާ އަބްދުލްކަރީމް ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ދުވަހު އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން އެހާ ގޯސް ނޫން ކަމަށެވެ.

ނަމަވެސް ދެކުނަށް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށް ތަހުމީނާ ވިދާޅުވި އެވެ.

"އެޕްރީލް މަހަކީ ހޫނުމިން އެންމެ މައްޗަށްދާ މަސް. ނަމަވެސް އެޕްރިލް މަހު ދޭތެރެ ދޭތެރެއިން ވާރޭ ވެހޭނެ އަދި ފްރިކުއެންޓްކޮށް ގުގުރުމާއެކު ވެސް ވާރޭ ވެހޭނެ" ތަހުމީނާ ވިދާޅުވި އެވެ.

އީދަށް މެދުރާއްޖެ ތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، އަދި ދެކުނަށް ވިއްސާރަ ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ތަހުމީނާ ވިދާޅުވި އެވެ.

އެގޮތުން އީދުގައި އާންމު ގޮތެއްގައި މޫސުން އޮންނާނީ ރަނގަޅަށްކަން ފާހަގަކުރައްވާ ތަހުމީނާ ވިދާޅުވީ ކެރީގެ އަސަރު ފޯރާއިރު ދުވާލަކު އެއްފަހަރު ވާރޭވެހިދާނެ ކަމަށެވެ.