Advertisement

މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ!

7 އޭޕްރީލް 2024 - 09:33 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ!

7 އޭޕްރީލް 2024 - 09:33 0

މި އަހަރު އެންމެ ހޫނު ގަދަވާނީ މާޗާއި އޭޕްރީލް މަހު ކަމަށް ކުރިން ލަފާކޮށްފައި ވަނިކޮށް، ކުއްލިއަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފި އެވެ.

އިއްޔެ ވެސް ކޮންވެސް ވަރަކަށް ވާރޭ ވެހުނެވެ. މޫސުމާބެހޭ ގައުމީ އިދާރާ، މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ހެނދުނު ނެރުނު ވައިޓު އެލާޓުގައި ބުނެފައި ވަނީ، ބ. އަތޮޅުން ފެށިގެން، ގދ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް މިއަދު 11:00 ޖެހުމާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މާލޭ ސަރަހައްދަށް ވެސް މިއަދު ހެނދުނު ބޯކޮށް ވާރޭ ވެހުނުއިރު، އުޑުމަތީގެ ބަނަކަން ފިލައި ނުގޮސް، މިހާރު ވެސް ދަނީ ކެރި ޖަހަމުންނެވެ. ނަމަވެސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެއް ނެތެވެ.

މެޓު އޮފީހުން ހިއްސާކޮށްފައިވާ ސެޓްލައިޓު ފޮޓޯއިން ފެންނަ ގޮތުގައި ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ މަތި ވަނީ ވިއްސާރަ ވިލާއިން ފުރާލައިފަ އެވެ.

މި އަހަރު އެންމެ ހޫނު ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ދުވަސްވަރަކީ މި ހިނގާ ރޯދަ މަސް ދިމާވާ މާޗު އަދި އޭޕްރީލް ކަމަށް، މެޓު އޮފީހުން މާޗު މަހު، ކުރީކޮޅު ބުނެފައިވެ އެވެ. މި ރޯދަ މަހުގެ ބައެއް ދުވަސްތަކުގައި، އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރާފައިވެ އެވެ.

މި އަހަރަކީ ވެސް ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް، އާންމު ވަރަށް ވުރެ މަތި ކަމަށް ބެލިފައިވާ "އެލްނިނޯ" އަހަރަކަށް ވާތީވެ، ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އެބަ އޮތް ކަން ފާހަގަ ކުރި އެވެ. އެއީ ދުނިޔޭގެ މުމާ ބެހޭ އިދާރާއިން ވެސް އަންދާޒާކޮށްފައިވާ ކަމެކެވެ.