Advertisement

ހުލާސާކޮށް އިއްޔެ: ކާޑުކޮޅު އިތުރުކޮށް ދިނުމުން ސަރުކާރުގެ ޝުކުރު އިންޑިއާއަށް

7 އޭޕްރީލް 2024 - 08:10 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: ކާޑުކޮޅު އިތުރުކޮށް ދިނުމުން ސަރުކާރުގެ ޝުކުރު އިންޑިއާއަށް

7 އޭޕްރީލް 2024 - 08:10 0

އިންޑިއާއިން ރާއްޖެއަށް ދޭ އަސާސީ މުދަލުގެ ކޯޓާ އިތުރަން އެ ގައުމުން ނިންމުމާއެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް ޝުކުރު ދަންނަވާ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރެއްވުމާއެކު ގިނަ ބަޔަކު ސަރުކާރަށް ފާޑުކީ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ފާޑުކީ ގިނަ މީހުން އެކަން ގުޅުވީ، މިސަރުކާރު ވެރިކަމަށް އަންނަން ކުރި ކެމްޕޭނާއި އޭގެ ފަހުން ވެސް އިންޑިއާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕެއިނުގައި ދެއްކެވި އެއް ވާހަކަފުޅަކީ އަވަށްޓެރި އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް ވާހަކަ އެވެ. އެކަން ހުއްޓުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

އަސާސީ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުން އިންޑިއާގައި މަނާކުރާ ހާލަތްތަކުގައި ވެސް އެ ބާވަތްތައް ރާއްޖެއަށް އެކްސްޕޯޓްކުރަން ދެގައުމުގެ ގުޅުމުގެ ތެރެއިން ދީފައި އޮންނަ ހާއްސަ ހުއްދައިގެ ދަށުން ރާއްޖެއަށް ދީފައި އޮންނަ ކޯޓާ އިތުރުކުރަން އިންޑިއާއިން ނިންނީ އިއްޔެ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާރިޖީ ވަޒީރު ލިޔުއްވާފައިވަނީ މި ނިންމުމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުގެ އިތުރު އެ ގައުމުގެ ސަރުކާރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ޒަމާންވީ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ނިންމުމެއް ކަމަށްވެސް އޭނާ ލިޔުއްވާފައިވެ އެވެ.

ނަމަވެސް ޒަމީރުގެ މި ޕޯސްޓަށް ދިވެހިން އަދި އިންޑިއާ މީހުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފަ އެވެ.

އެގޮތުން މި ސަރުކާރުން އިންޑިއާއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކާއި، އިދިކޮޅުގައި އޮތްއިރު ހިންގި އިންޑިއާ އައުޓު ހަރަކާތާ ގުޅުވާ އާއްމުންގެ ގިނަ ބަޔަކު ޒަމީރަށާއި ސަރުކާރަށް ފާޑުކިޔާއިރު، އިންޑިއާ މީހުން ފާޑުކިޔާ މައިގަނޑު އަނެއް ސަބަބަކީ އެ ގައުމުގެ ބޮޑުވަޒީރަށް މި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް ކުރި މަލާމާތެވެ.

އެކަކު ލިޔެފައިވާ ގޮތުގައި މި ސަރުކާރުގެ އިންޑިއާއާ ދެކޮޅު ސިޔާސަތު ވަނީ ފެއިލްވެފަ އެވެ. "މިއޮތީ ސީދާ އުނބަށް ޖަހާފަ،" އެހެން މީހަކު ލިއުނެވެ. "އިންޑިއާ އައުޓު ނުވި ދޯ" އޭ ވެސް އެހެން މީހަކު ލިއުނެވެ.

މުހިއްމު ބައެއް ހަބަރު