Advertisement

ރަސްދޫގައި ކުއްޖަކަށް ގަނާކޮށް، އަނިޔާކުރި މައްސަލައެއް ބަލަނީ

6 އޭޕްރީލް 2024 - 02:07 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އއ.ރަސްދޫ


ރަސްދޫގައި ކުއްޖަކަށް ގަނާކޮށް، އަނިޔާކުރި މައްސަލައެއް ބަލަނީ

6 އޭޕްރީލް 2024 - 02:07 1

އއ. ރަސްދޫ މިސްކިތެއްގެ ވުޟޫކުރާ ސަރަހައްދުގައި ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާ ކުރާ ވީޑިއޯއެއް މިރޭ ސޯޝަލް މީޑިއާގައި އާންމުވުމާއެކު އެ މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ހޯމްލޭންޑު މިނިސްޓަރު އަލީ އިހުސާން ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ކުރި ފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

"މިފަދަކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާއިމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަގީން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން މިކަން ކުރިކަމަށް ޔަގީން ކުރެވެނީ އއ.ރަސްދޫ ގައި ކަމަށާއި "ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި، ތަހުގީގު ކުރަމުން" ކަމަށެވެ.

ކުޑަ ފިރިހެން ކުއްޖާއަށް ގަނާކޮށް، އަނިޔާކޮށް ހަދާ އެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓުފޯމްތަކުން ޑިލީޓުކޮށްފަ އެވެ.