Advertisement

ޓީ20 ވޯލްޑް ކަޕަށް އާޗާ ފިޓުވާނެކަމުގެ އުންމީދު

5 އޭޕްރީލް 2024 - 22:19 0


ޓީ20 ވޯލްޑް ކަޕަށް އާޗާ ފިޓުވާނެކަމުގެ އުންމީދު

5 އޭޕްރީލް 2024 - 22:19 0

ލަންޑަން (އޭޕްރީލް 5) - އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ފިޓުވުމަށް މަސައްކަތް ކުރަމުންދާ އިންގްލެންޑްގެ ބޯލަރު، ޖޮފްރާ އާޗާ، މި އަހަރު އޮންނަ ޓީ20 ވޯލްޑް ކަޕްގައި ފެންނާނެ އުންމީދު ބޮޑު ކަމަށް އިންގްލެންޑް އިން ބުނެފި އެވެ.

އަނިޔާގެ ސަބަބުން އިންގްލެންޑްގެ ޓީމަށް މިދިޔަ އަހަރުގެ މާޗު މަހުގެ ފަހުން އާޗާ މެޗެއް ނުކުޅެ އެެވެ.

އިންގްލެންޑްގެ ކްރިކެޓް ޓީމުގެ މެނޭޖިން ޑިރެކްޓާ ރޮބް ކީ ބުނީ މި އަހަރު ޓީ20 ވޯލްޑް ކަޕްގައި އާޗާ ފެންނާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ. އެކަމަކު އޭނާ އަށް ޓެސްޓް ކްރިކެޓްގައި ކުޅެވޭވަރު ވާނީ އަންނަ އަހަރު ކަމަށެވެ.

"މިހާރު ޕްލޭންކޮށްފައި އޮތީ މި އަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އަޗާ ކުޅުން،" ކީ ބުންޏެވެ.

މި އަހަރު ޖޫން މަހު ޓީ20 ވޯލްޑް ކަޕް އޮންނާނީ ވެސްޓް އިންޑީސް އަދި އެމެރިކާގަ އެވެ.

އާޗާ އިންގްލެންޑަށް ޓެސްޓް މެޗެއް އެންމެ ފަހުން ކުޅުނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އާޗާ އަކީ 2019 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ނިއު ޒިލޭންޑް ބަލިކޮށް އިންގްލެންޑް ތަށި ހޯދި މެޗުގެ ސުޕަ އޯވަރުގައި އިންގްލެންޑްގެ ބޯލަރެވެ.

އެކަމަކު އެ ވޯލްޑް ކަޕަށްފަހު އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ، ގިނަ މެޗުތަކެއް އޭނާ އަށް ވަނީ ގެއްލިފައެވެ.