Advertisement

ރޯހިތަށް ސައްތަ އެއް، ސުޕަ އޯވަރެއް ކުޅެގެން އަފްގާނިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ

18 ޖަނަވަރީ 2024 - 10:59 0

ރޭގެ މެޗުގެ ތެރެއިން ރޯހިތު ޝަރްމާ ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އޭއެފްޕީ


ރޯހިތަށް ސައްތަ އެއް، ސުޕަ އޯވަރެއް ކުޅެގެން އަފްގާނިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ

18 ޖަނަވަރީ 2024 - 10:59 0

މުމްބާއީ، އިންޑިއާ (ޖެނުއަރީ 18) - ކެޕްޓަން ރޯހިތު ޝަރްމާގެ ސައްތައާ އެކު، ދެ ސުޕަ އޯވަރު ކުޅެގެން އަފްގާނިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ އެވެ.

ޓޮސް ދިމާވުމުން އިންޑިއާ އިން ކުޅެން އަރަން ނިންމި އެވެ. އެ ގޮތުން، 20 އޯވަރުގެ ތެރޭގައި އިންޑިއާގެ ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 212 ލަނޑެވެ. ޖަވާބުގައި އަފްގާނިސްތާން އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 212 ލަނޑެވެ.

އެ ގޮތުން، ނަތީޖާ ނެރެން ޖެހުނީ ސުޕަ އޯވަރު ކުޅޭށެވެ. އެ ގޮތުން ފުރަތަމަ ކުޅުނު ސުޕަ އޯވަރު ނިމުނީ، ވެސް ދެ ޓީމު އެއްވަރުވެގެންނެވެ. އެއީ ކޮންމެ ޓީމެއް ވެސް 16 ލަނޑު ހެދުމުންނެވެ. އެކަމަކު، ދެން ކުޅުނު ސުޕަ އޯވަރުގައި އިންޑިއާ އިން ވަނީ 10 ލަނޑުން މޮޅުވެފަ އެވެ. ސުޕަ އޯވަރުގައި ވެސް ތަފާތަކަށް ވީ މި މެޗުގައި ތަފާތު ދައްކައި، 121 ލަނޑު ހެދި ރޯހިތު އެވެ.

އަލުން އަނބުރާ ޓީ20 ފޯމެޓްގައި ކުޅެން އައި ރޯހިތަށް މިއީ، މި ފޯމެޓްގައި (އިންޓަނޭޝަނަލް ޓީ20 ފޯމެޓް) ގައުމީ ޓީމަށް ހަދައިދިން ފަސް ވަނަ ސައްތަ އެވެ.

ރޯހިތު އާއި ވިރާތު އަލުން ޓީ20 ފޯމެޓް ކުޅެން މި އައީ މެދުކެނޑުމަކަށް ފަހު އެވެ. އެއީ، މި ފަަހަރު އޮތް ޓީ20 ވޯލްޑް ކަޕާ ދިމާކޮށެވެ.

އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މި ޓީ20 ސީރީސްގެ ކުރިން، ވިރާތު އާއި ރޯހިތު، އެންމެ ފަހުން، ޓީ20 ފޯމެޓްގައި އިންޑިއާ ގައުމީ ޓީމަށް ކުޅެފައިވަނީ، 2022 ވަނަ އަހަރުގެ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގަ އެވެ. އެ ގޮތުން، އެ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ އިން އިންގްލެންޑް އަތުން ބަލިވި މެޗަކީ، ޓީ20 ފޯމެޓްގައި އިންޑިއާ ޓީމަށް ވިރާތު އާއި ރޯހިތު ކުޅުނު ފަހު މެޗެވެ.

ވެސްޓް އިންޑީސް އާއި އެމެރިކާގައި، އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޮތީ މި އަހަރު ޖޫން 1-29 އަށެވެ. އިންޑިއާ ހިމެނެނީ، ޕާކިސްތާން، އަޔަލެންޑް، އެމެރިކާ އަދި ކެނަޑާއާ އެއް ގްރޫޕެއްގަ އެވެ.