Advertisement

އަބްދުއްރަހީމްގެ އާއިލީ ފިހާރައިން ފޮނަދޫ ދާއިރާގައި ތެލި ސެޓު ބަހަނީ

4 އޭޕްރީލް 2024 - 14:53 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަބްދުއްރަހީމް އާއި އޭނާގެ އާއިލީ ފިހާރައިން ފޮނަދޫ ދާއިރާގައި ބަހަމުންދާ ތެލިސެޓުގެ ފޮޓޯއެއް -- ފޮޓޯ: އަދަދު


އަބްދުއްރަހީމްގެ އާއިލީ ފިހާރައިން ފޮނަދޫ ދާއިރާގައި ތެލި ސެޓު ބަހަނީ

4 އޭޕްރީލް 2024 - 14:53 3

ލ. ފޮނަދޫ މެދު އަވަށުގައި އަބްދުއްރަހީމްގެ އާއިލާއިން ހިންގާ އަރާފާ ޓްރޭޑާސްއިން އެ ރަށާއި އެ ދާއިރާގައި ހިމެނޭ މާމެންދޫގެ ގޭގެއަށް ތެލި ސެޓު ބަހަން ފަށައިފި އެވެ.

ފޮނަދުއާއި މާމެންދޫގެ ގޭގެއަށް އަރާފާ ޓްރޭޑާސްއިން ހަދިޔާ ކުރި ތެލިސެޓުތަކުގެ ބޭރުގައި "އަރާފާ ޓްރޭޑާސްގެ ހެޔޮ އެދުންތަކާއެކު" މިހެން ލިޔެފައިވެ އެވެ.

އަރާފާ ޓްރޭޑާސް އަކީ އަބްދުއްރަހީމްގެ ގެ، "އަރާއިރު" އަށް ރެޖިސްޓަރީ ކޮށްފައިވާ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ފިހާރައެކެވެ. ވައިޓް ލިންކްސް ޕވޓ. ލމޓ. ގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުއްރަހީމްގެ ދަރިކަނބަލުން، ފާތިމަތު ސޮބާހާ އެވެ. އަނބިކަނބަލުން ދިޔާނާ ހުސެއިން އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ.

އެކަމާ ގުޅޭގޮތުން ބަހެއް ހޯދައިލަން އަބްދުއްރަހީމްއަށް ގުޅުމުން ވިދާޅުވީ ތެލި ސެޓުތައް ބަހަމުންދަނީ ކީއްކުރަންކެމެއް އެނގޭނީ އެ ފިހާރައިގެ މީހުންނަށް ކަމަށެވެ.

"އެއީ މަނާކަމެއްތޯ؟ އެ ފިހާރައިގެ މީހުންނަށް ސުވާލު ކުރައްވާ، އެ މީހުންނަށް އެނގޭނީ އެ ބަހަނީ ކީއްކުރަންކަމެއް، އަޅުގަނޑަކަށް ނޭނގެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.


"އާދެ، އެއީ އެ ފިހާރަ ހިންގަން ހަވާލު ކޮށްފައި ތިބި ބަޔަކު އަމިއްލައަށް ނިންމި ނިންމުމެއްގެ ދަށުން ކުރަމުންދާކަމެއް."

އަރާފާ ޓްރޭޑާސްއިން ފޮނަދޫ ގޭގެއަށް ތެލިސެޓު ބަހަމުންދާއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އަބްދުއްރަހީމް ވަނީ ފޮނަދޫ ދާއިރާއަށް ކުރިމަތިލައި ކެމްޕޭނު ކުރައްވަމުންނެވެ. އަބްދުއްރަހީމްއަކީ މީގެ ކުރިން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި ވެސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަށް ހޯދައިދިނުމުގައި އިސްކޮށް އުޅުއްވި އަބްދުއްރަހީމްއަކީ މި ސަރުކާރުގެ އެންމެ އިސް ވަޒީރު ވެސްމެ އެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް އަބްދުއްރަހީމްގެ އާއިލާއިން ހިންގާ ފިހާރައަކުން އެ ރަށު ރައްޔިތުންނަށް ހަދިޔާ ބަހަމުންދާއިރު، ރައީސް މުއިއްޒު ވެސް ގެންދަވަނީ ޑޯޓުޑޯ ހަރަކާތްތަކުގައި ރަސްމީ ކަރުދާހުގައި ބަންދުކުރި ހަދިޔާ ބައްސަވަމުންނެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގެ ހ. ގެ 14 ގައި ވަނީ "ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް މީހަކަށް ފައިސާ ނުވަތަ ހަދިޔާ ދީ ހަދައިގެން ނުވާނެ، އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަ ހަޅައިގެންވެސް ނުވާނެ" ކަމަށެވެ.

މަޖިލިސް އިންތިހާބާ ގުޅޭ އަށް މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މިދިޔަ އާދީއްތަ ދުވަހު ވަނީ ބުނެފަ އެވެ.

އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕެއިނު ކުރުމާއި ކެމްޕެއިނު ކުރުމުގައި ރިޝްވަތު ހުށަހެޅުމުގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "އަދަދު" އަށް ވިދާޅުވި އެވެ.