Advertisement

ސްޓޮކް ހުސްވެ އީ-ޕާސްޕޯޓަށް އެދި ހުށަހެޅުން މެދުކެނޑުމަކަށް

3 އޭޕްރީލް 2024 - 12:39 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ސްޓޮކް ހުސްވުމުގެ ސަބަބުން އީ-ޕާސްޕޯޓަށް އެދި ހުށަހެޅުން މެދުކެނޑިއްޖެ -- ފޮޓޯ: އިމިގްރޭޝަން


ސްޓޮކް ހުސްވެ އީ-ޕާސްޕޯޓަށް އެދި ހުށަހެޅުން މެދުކެނޑުމަކަށް

3 އޭޕްރީލް 2024 - 12:39 0

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް ހުސްވެ، އީ-ޕާސްޕޯޓު ދޫކުރުން ވަގުތީ ގޮތުން މެދުކެނޑިއްޖެ އެވެ.

އިމިގްރޭޝަނުގެ ހިދުމަތްތަކަށް އެދި ހުށަހަޅާ "އިމުގާ" ވެބްސައިޓުން ދައްކާ ގޮތުގައި އީ-ޕާސްޕޯޓަށް އެދި ހުށަހެޅުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި އީ-ޕާސްޕޯޓު ދޫކުރުން ހުއްޓާލަންޖެހުނީ ސްޓޮކް ހުސްވުމުގެ ސަބަބުންނެވެ. އެ އިދާރާއިން ބުނަނީ އޭޕްރީލް 15، ގެ ފަހުން އީ-ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.

މެދުކަނޑާލާފައި ވަނީ 48 ސަފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތެވެ. އަދިވެސް 32 ސަފުހާގެ އާދައިގެ ޕާސްޕޯޓަށް ހުށަހެޅޭނެ އެވެ.

އީ-ޕާސްޕޯޓުގެ ޒަރިއްޔާއިން އަމިއްލައަށް ޗެކް-އިން ވެވޭ އީ-ގޭޓުގެ ހިދުމަތް ބޭނުންކުރެވޭނެ އެވެ. އީ-ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން ނަގާފައިވާ ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް އެ ގޭޓުން ކަށަވަރު ކުރާނެ އެވެ. އަދި އީ-ޕާސްޕޯޓާއިއެކު ގިނަ އިރު ކިޔުގައި މަޑުކުރަން ނުޖެހި އެއާޕޯޓުގެ ގިނަ ހިދުމަތްތަކެއް ލިބޭނެ އެވެ.