Advertisement

ޔުމްނާގެ ތާއީދު އެމްޑީޕީގެ އިފްހާމްއަށް

3 އޭޕްރީލް 2024 - 12:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޔުމްނާގެ ތާއީދު އެމްޑީޕީގެ އިފްހާމްއަށް

3 އޭޕްރީލް 2024 - 12:47 0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އިފްހާމް ހުސައިން އަށް، ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ތާއީދު ކުރައްވާކަން ހާމަކުރައްވައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމްގެ ކެމްޕޭން އިވެންޓެއްގައި ބައިވެރިވެ ޔުމްނާ ވިދާޅުވީ އޭނާއަކީ މާފަންނު އުތުރު ދާއިރާއަށް ނިސްބަތްވާ މީހެއް ކަމަށާއި، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ތާއީދު ކުރައްވަނީ އިފްހާމް އަށް ކަމަށެވެ.

އިފްހާމްއަށް ތާއީދު ކުރަނީ ތައުލީމާއި ތަޖުރިބާ ހޯދައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާތީ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މަޖިލީހުގައި އެކި ދާއިރާތަކުގެ ބޭފުޅުން ތިއްބަވަންޖެހޭ، ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ނުވަތަ ހާއްސަ އެހީތެރިކަަމަށް ބޭނުންވާ ފަރާތްތަކުގެ އަޑު އުފުލަން ބޭފުޅުން އެބަ ތިއްބަވަންޖެހޭ. އެއީ އެއްސަބަބު އަޅުގަނޑު އިފޫއަށް ތާއީދުކުރާ" ޔުމްނާ ވިދާޅުވި އެވެ.

މިފަހަރު ވީހާވެސް ގިނަ އަންހެން ބޭފުޅުން މަޖިލީހުގައި ތިއްބަވަން އެދޭ ކަމަށް ވެސް ޔުމްނާ ވަނީ ވިދާޅުވެފަ އެވެ.

ޔުމްނާ އަންނަނީ އިފްހާމްގެ ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެ، އޭނާއަށް ތާއީދު ހޯދުމަށް މަސައްކަތް ވެސް ކުރައްވަމުންނެވެ.