Advertisement

އުރީދޫ އަތޮޅު ދުވުން: މި މަހުގެ އެއްވަނައަށް އިންސްޓަ 360 ކެމެރާއެއް

2 އޭޕްރީލް 2024 - 15:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫ އަތޮޅު ދުވުން: މި މަހުގެ އެއްވަނައަށް އިންސްޓަ 360 ކެމެރާއެއް

2 އޭޕްރީލް 2024 - 15:45 0

އުރީދޫގެ އެޕްރީލް މަހު އަތޮޅު ދުވުން ކުޅެގެން ލީޑާ ބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް ސީގިއާގެ ފަރާތުން އިންސްޓަ 360 ކެމެރާއެއް ހުށައަޅައިފި އެވެ.

"އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވާނެ ކަމަށެވެ.

ގޭމްގެ އެޕްރިލް އަޕްޑޭޓް މިހާރު އެޕަލް އެޕްސްޓޯ އަދި ގޫގުލް ޕްލޭސްޓޯއިން ވެސް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މި މަހު އަތޮޅު ދުވުން ފެނިގެންދާނީ ބ. އޭދަފުށްޓެވެ.

މި ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ އެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެމަހަކު އެވެ.

ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި މި އަހަރުގެ ކަލަންޑާ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.