Advertisement

ފުވައްމުލަކުގައި ބޮޑު އެކްސިޑެންޓެއް، އަނިޔާވި މީހާގެ ހާލު ސީރިއަސް

2 އޭޕްރީލް 2024 - 11:44 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފުވައްމުލަކު ސިޓީ -- ފޮޓޯ: އަދަދު


ފުވައްމުލަކުގައި ބޮޑު އެކްސިޑެންޓެއް، އަނިޔާވި މީހާގެ ހާލު ސީރިއަސް

2 އޭޕްރީލް 2024 - 11:44 0

ދުއްވާފައި ދިޔަ ސައިކަލެއް ޒިބްރާ ކްރޮސް ޕޯސްޓެއްގައި ޖެހި ރޭ ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާދޭން މާލެއަށް ގެނެސްފި އެވެ.

އެ އެކްސިޑެންޓް ހިނިގިކަން ފުލުހުންނަށް ރިޕޯޓުކުރީ ރޭ 11:43 ހާއިރު ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެ އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި މީހާއަށް އިތުރު ފަރުވާ ދިނުމަށް ރޭ ފަތިހު މާލެ ގެނެސްފައިވާކަމަށެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ބުންޏެވެ. ނަމަވެސް، ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އާބާދީގައި 12,790 މީހުން ހިމެނޭ ފުވައްމުލަކަކީ ރާއްޖޭގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ތަނެވެ. ބިމުގެ ބޮޑުމިނުގައި 491.7 ހެކްޓަރު ހުންނަ ފުވައްމުލަކުގައި މިދިޔަ ޖެނުއަރީ މަހު ހިނގި އެކްސިޑެންޓެއްގައި ވެސް އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ.