Advertisement

އެމްއެމްޕީއާރްސީގެ މުވައްޒަފަކު ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

1 އޭޕްރީލް 2024 - 11:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްއެމްޕީއާރްސީގެ މުވައްޒަފަކު ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

1 އޭޕްރީލް 2024 - 11:39 0

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މުވައްޒަފަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުމުންދާ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް އެ ކުންފުނިން މައްސަލަ ބަލަން ފަށައިފި އެވެ.

އެމްއެމްޕީއާރްސީން ބުނީ މުވައްޒަފަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް މައްސަލައެއް އެ ކުންފުނީގެ މުވައްޒަފެއްގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށާއި، ނަމަވެސް މެނޭޖްމަންޓަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން އެކަމުގެ ސައްހަކަން ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.

"މެނޭޖްމަންޓުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ޑިސިޕްލިނަރީ ކޮމިޓީއަށް މި މައުލޫމާތު ވާނީ ހިއްސާ ކުރެވިފައި" އެމްއެމްޕީއާރްސީން ބުންޏެވެ.

މައްސަލައާ ގުޅިގެން ޑިސިޕްލިނަރީ ކޮމިޓީގެ ތަހުގީގަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން އެމްއެމްޕީއާރްސީން ވަނީ އަރުވާފަ އެވެ.

ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ އެމްއެމްޕީއާރްސީގެ މެނޭޖްމަންޓުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލުތަކެއް ނޫންކަން ފާހަގަކޮށް އެ ކުންފުނިން ބުނީ އެފަދަ އަމަލެއް ކޮށްފި ކޮންމެ މުވައްޒަފަކާމެދު ކުންފުނިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްއެމްޕީއާރްސީގެ ސީއީއޯ ފާތިމަތު ތައުފީގު ވިދާޅުވީ، މައްސަލައާ ގުޅިގެން ތަހުގީގު ހިންގައި، ކުށްވެރިވާނަމަ އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.