Advertisement

ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ޔޫތު ސެންޓަރުތައް އަތުލައި ސަރުކާރުގެ ދަށަށް

1 އޭޕްރީލް 2024 - 10:25 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މިނިސްޓަރު ރާފިއު: ވިދާޅުވީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރެ ޔޫތު ސެންޓަރުތައް ވީރާނާވަމުންދާ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ޔޫތު ސެންޓަރުތައް އަތުލައި ސަރުކާރުގެ ދަށަށް

1 އޭޕްރީލް 2024 - 10:25 0

ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ރަށްރަށުގައި ހުރި ހުރިހާ ޔޫތު ސެންޓަރެއް އެ ކައުންސިލްތަކުން ނަގައި ސަރުކާރުން ހިންގާ ގޮތަށް ހަމަޖައްސައިފި އެވެ.

އަންނަ އޭޕްރީލް 15، ގެ ފަހުން ޔޫތު ސެންޓަރުތައް ބަލަހައްޓާނީ އެ މިނިސްޓްރީއިން ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު މިނިސްޓަރު އަބްދުﷲ ރާފިއު ކަނޑައެޅުއްވީ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގެ ދަށުންނެވެ.

އެ މިނިސްޓްރީގެ ބެލުމުގެ ދަށުން 2020 ވަނަ އަހަރު ކައުންސިލްތަކާ ހަވާލު ކުރި ޔޫތު ސެންޓަރުތައް އެކަށީގެންވާ ގޮތަށް ނުބެލެހެއްޓި "ވީރާނާ" ވަމުންދާ ކަމަށް ވެސް ރާފިއުގެ ސާކިއުލާގައި ތުހުމަތުކޮށްފައިވެ އެވެ.

"[އެހެންކަމުން] ... ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި މިހާރު ހުރި ޒުވާނުންގެ މަރުކަޒުތައް ކުރިޔެކޭ އެއްގޮތަށް ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި އޮތުމުގެ މުހިންމުކަން ވަރަށް ވެސް ބޮޑު،" ރާފިއު ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އެ ސާކިއުލާގައި ރާފިއު ވިދާޅުވެފައި އޮތީ، އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު ޔޫތު ސެންޓަރުތައް ބަލަހައްޓަންޖެހޭނީ އެ މިނިސްޓްރީއިން ކަމަށް މިނިސްޓްރީގެ މެންޑޭޓުގައި ބުނެފައިވާ ކަމަށެވެ. އަދި ޔޫތު ސެންޓަރުތަކަކީ ޒުވާނުންނަށް ކުޅިވަރުގެ ރީތި އުސޫލުތައް އުނގަންނައިދިނުމަށް ހަދާފައިވާ ތަންތަން ކަމަށް ވެސް ރާފިއު ވިދާޅުވެފައިވެ އެވެ.

ޔޫތު ސެންޓަރުތައް ސަރުކާރަށް ނަގަން ނިންމުމުން އެކަމާ ބައެއް ކައުންސިލްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން މި ނޫހާ ވާހަކަ ދައްކަމުން ސިޓީ ކައުންސިލެއްގެ މޭޔަރަކު ބުނީ އެ ކައުންސިލުން އެ ނިންމުމާ ދެކޮޅު ކަމަށާއި އެއީ ލާމަރުކަޒީ ގާނޫނާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ.