Advertisement

ނިދާފައި އޮތް މީހެއްގެ ރަން ފަށެއް ފޭރެން އުޅެނިކޮށް އަތުލައިގެންފި

1 އޭޕްރީލް 2024 - 12:07 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ނިދާފައި އޮތް މީހެއްގެ ރަން ފަށެއް ފޭރެން އުޅެނިކޮށް އަތުލައިގެންފި

1 އޭޕްރީލް 2024 - 12:07 0

މާލޭގެ ގެއެއްގެ ތެރެއަށް ވަދެ، އެ ގޭގައި ނިދާފައި އޮތް މީހެއްގެ ރަން ފަށަކާއި ކަންފަތުގައި އިން ކަންފަތުލާ މުދި ވަގަށް ނަގަން އުޅެނިކޮށް ފުލުހުން އޭނާ އަތުލައިގެންފި އެވެ.

އިއްޔެ ކްރިމިނަލް ކޯޓަށް، އެ މައްސަލައިގެ ތުހުމަތުގައި ހާޒިރުކުރީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދު މުއްދަތަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ކޯޓު އަމުރުގައި ބުނާ ގޮތުން އޭނާ ހައްޔަރުކުރީ ވަގަށް ހ. ޗިލްކާލޭކް ގެއަށް ވަދެ އުޅެނިކޮށެވެ.

އެ މީހާގެ ފަރާތުން މައުލޫމާތު ސާފުކުރުމުން އެނގުނީ، އޭނާ އެ ގެއަށް ވަނީ އެ ގޭގައި ނިދާފައި އޮތް އިންޑިއާ މީހެއްގެ ކަންފަތުގައި އިން ކަންފަތުލާ މުދި އަދި ރަން ފަށެއް ފޭރެން ވެގެން ކަމަށެވެ.