Advertisement

ލީޑަރު ހައްޔަރު ކުރުމުން އިންޑިއާގެ އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކޮށްފި

1 އޭޕްރީލް 2024 - 07:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާގެ އިދިކޮޅުން ކޯލިޝަނުން ބޭއްވި އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: އޭޕީ


ލީޑަރު ހައްޔަރު ކުރުމުން އިންޑިއާގެ އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކޮށްފި

1 އޭޕްރީލް 2024 - 07:23 0

އިންޑިއާގެ އިދިކޮޅު ލީޑަރު އަދި ދިއްލީގެ ޗީފް މިނިސްޓާ އަރްވިންދު ކެޖްރިވާލް ހައްޔަރު ކުރުމާ ގުޅިގެން އެ ގައުމުގެ އިދިކޮޅު ކޯލިޝަނުން ދިއްލީގައި އިއްޔެ އިހުތިޖާޖު ކޮށްފި އެވެ.

އިންޑިއާގެ އާމް އާދްމީ ޕާޓީގެ ލީޑަރު ކެޖްރިވާލް ހައްޔަރުކޮށްފައި ވަނީ ކޮރަޕްޝަންގެ ތުހުމަތެއްގައި އިންޑިއާގެ ފައިނޭންޝަލް ކްރައިމް އެޖެންސީންނެވެ.

ކުރިއަށް އޮތް އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެންމެ ބޮޑު ވާދެވެރިއާ ގޮތުގައި ބެލެވުނު ކެޖްރިވާލް ހައްޔަރުކުރީ މިދިޔަ މާޗު މަހު އެވެ.

ކެޖްރިވާލް، 55 ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަދި އޭނާގެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި ކެޖްރިވާލް ހައްޔަރު ކުރީ ސިޔާސީ މަގުސަދެއްގަ އެވެ.

އިންޑިއާގެ އާންމު އިންތިހާބާ ގުޅިގެން އެ ގައުމުގައި ޕާޓީތަކަށް އަމާޒުކޮށް ގިނަ ކަންކަން ކުރަމުން އަންނައިރު، އިދިކޮޅު ކޮމިއުނިސްޓު ޕާޓީގެ އެކައުންޓުތައްވެސް ވަނީ ފްރީޒުކޮށްފަ އެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި 967 މިލިއަނެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އިންތިހާބު އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ކަމާމެދު މިހާރު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.