Advertisement

ފ.މަގޫދޫ އެއާޕޯޓް ހުއްޓައިލި ހަމަ އެކަނި ބޭނުމަކީ މުއިއްޒުގެ ކޮއްކޮ ހޮވުން: ސޯލިހު

31 މާރިޗު 2024 - 12:31 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިންކުރަން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ:އެެމްޑީޕީ


ފ.މަގޫދޫ އެއާޕޯޓް ހުއްޓައިލި ހަމަ އެކަނި ބޭނުމަކީ މުއިއްޒުގެ ކޮއްކޮ ހޮވުން: ސޯލިހު

31 މާރިޗު 2024 - 12:31 0

ފ.މަގޫދޫގައި، ކުރީގެ ސަރުކާރުން އަޅަން ފެށި އެއާޕޯޓުގެ މަޝްރޫއު ހުއްޓާލައި، އެއަތޮޅު ނިލަންދޫގައި އެއާޕޯޓު އަޅަން ނިންމީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅަށް އިންތިހާބު ކާމިޔާބުކޮށްދެއްވުމުގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތުހުމަތުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރަން މާލޭގައި ރޭ ބޭއްވި ޖަހަގަ ޖަލްސާއެއްގައި ސޯލިހު ވިދާޅުވީ މަގޫދޫ އެއާޕޯޓު އެޅުމަށް ދައުލަތުގެ ފައިސާއިން ގާތްގަނޑަކަށް 115 މިލިޔަން ރުފިޔާ މިހާރު ވެސް ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ އެމަަނިކުފާނު ވިދާޅުވި ގޮތުގައި 35 ހެކްޓަރުގެ ބިން ހިއްކުމާއި ޓާމިނަލްގެ މަސައްކަތަށެވެ.

"މަގޫދޫގައި އަޅަން ފަށާފައި އެ އޮތް އެއާޕޯޓް ހުއްޓާލާފައި، އަމިއްލަ ކޮއްކޯފުޅު އިންތިހާބުކުރުމަށް ޓަކައި މުޅި ދައުލަތުގެ ހަޒާނާ ހުސްކުރަމުން އެ ގެންދަނީ. މިކަން ހުއްޓުވަން އެބަ ޖެހޭ،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި މަގޫދޫގައި އަޅަން ފެށި އެއާޕޯޓުގެ ގިނަ މަސައްކަތްތައް ނިމިފައި ވަނިކޮށް އެ މަސައްކަތް ހުއްޓައިލީ ރައީސް މުއިއްޒުގެ އަމިއްލަ ބޭނުމަކަށެވެ. އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ފަހު، މަގޫދޫގައި އެއާޕޯޓުގެ މަސައްކަތް ނިންމަން، ސަރުކާރަށް ގާނޫނީ ގޮތުން މަޖުބޫރުކުރާނެ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.