Advertisement

ހުލާސާކޮށް އިއްޔެ: ރައީސް އޮފީހުގެ ޕޯޑިއަމްގައި "މަކުނުވާ"

31 މާރިޗު 2024 - 06:58 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: ރައީސް އޮފީހުގެ ޕޯޑިއަމްގައި "މަކުނުވާ"

31 މާރިޗު 2024 - 06:58 1

ރައީސް އޮފީހުން އެއްވެސް މައުލޫމާތެއް ދިނުމަށް ނޫސްވެރިންނާ ބައްދަލު ނުކުރާތާ މިހާރު ވަނީ ދެ މަސް ފާއިތު ވެފަ އެވެ. މި ލިޔުމުގެ ފޮޓޯގައި މަކުނުވާ ފުރާފައިވާ މަންޒަރު ހިމަނާފައި އެވަނީ ނޫސްވެރިންގެ ބައްދަލުވުން މެދުކަނޑާލާފައިވާ މުއްދަތު ދިގުކަން ރަމްޒުކޮށް ދިނުމަށެވެ.

ރައީސް އޮފީހުން އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ޖެނުއަރީ 28، ގެ ހަވީރު 5:00 ގަ އެވެ. އެ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވީ އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހަށް ވަނީ ދެ މަސް ދުވަސް ވެފަ އެވެ. ބައްދަލުވުންތައް މެދުކަނޑާލުމުގެ ކުރިން ރައީސް އޮފީހުން ދިޔައީ ކޮންމެ ކެބިނެޓު ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދެމުންނެވެ. ނަމަވެސް އެ ބައްދަލުވުންތަކުގައި މައުލޫމާތު ދެނީ އަދި ސުވާލު ކުރެވެނީ ހަމައެކަނި އެ ދުވަހުގެ ކެބިނެޓުގެ ނިންމުންތަކާ ބެހޭގޮތުންނެވެ.

ރައީސް އޮފީހުން ނޫސްވެރިންނާ ބައްދަލުނުކުރާތާ ދެމަސްވެފައިވާއިރު، ޑިސެމްބަރު 31، 2023 ގެ ރޭ ދަންވަރު އެ އޮފީހުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ދުރުކޮށް އޭނާއަށް ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ.

ރައީސް އޮފީހުގައި ތަރުޖަމާނަކު ނެތް މައްސަލާގައި، ފެބްރުއަރީ 20 ގައި "އަދަދު" އާ ވާހަކަ ދައްކަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ތަރުޖަމާނަކު ރައީސް އައްޔަންކުރައްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައެއް ނުވެ އެވެ.

ރިޔާސީ ކެމްޕޭނުގައި މީޑިއާތަކާއި ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެމަނިކުފާނު އެންމެ ފަހުން ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލެއްވީ ޑިސެމްބަރު 5، 2023 ގަ އެވެ.

މުހިއްމު ބައެއް ހަބަރު