Advertisement

ރޮނާލްޑޯގެ ހެޓްރިކާ އެކު އަލް ނަސްރަށް މުހިންމު މޮޅެއް

31 މާރިޗު 2024 - 12:19 0


ރޮނާލްޑޯގެ ހެޓްރިކާ އެކު އަލް ނަސްރަށް މުހިންމު މޮޅެއް

31 މާރިޗު 2024 - 12:19 0

ރިޔާދު، ސައުދީ އަރަބިއްޔާ (މާޗް 31) - ސައުދީ ޕްރޯ ލީގުގައި އަލް ތައި އަތުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު، އަލް ނަސްރުން 5-1 އިން މުހިންމު މޮޅެއް ހޯދައިފި އެވެ.

މި ނަތީޖާއާ އެކު، ސައުދީ ޕްރޯ ލީގުގެ ދެ ވަނައިގައި އަލް ނަސްރު އޮތީ ދެ ވަނައިގައި އޮތް އަލް ހިލާލަށް އަށް ވުރެ 12 ޕޮއިންޓް ހޯދައިގެންނެވެ. އަލް ހިލާލް އަށް 25 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އަލް ނަސްރަށް ވަނީ 25 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އަލް ނަސްރުން ވަނީ އޮޓާވިއޯ 20 ވަނަ މިނިޓްގައި ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އޭގެ ދެ މިިނިޓް ފަހުން، އަލް ތައިގެ ވާޖިލް މިސިޖާންގެ ގޯލުން ނަތީޖާ ހަަމަހަމަކޮށްފަ އެވެ. އެކަމަކު، އޭގެ 12 ވަރަކަށް މިނިޓް ފަހުން މިސިޖާން އަށް ސީދާ ރަތް ކާޑެއް ދައްކައި، އެ ޓީމުން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އެއް ކުޅުންތެރިއަކު ގިނަވުމުގެ ފައިދާ ނަަގައި، އަލް ނަސްރުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގޯލެއް ޖަަހައި ލީޑުނެގި އެވެ. މި ލަނޑު ޖަހައިދިނީ، އަބްދުލް ރަހުމާން ގަރީބް އެވެ.

ރޮނާލްޑޯ ހެޓްރިކް ހެދީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މިއީ، އުމުރުން 39 އަހަރުގެ ރޮނާލްޑޯގެ ކެރިއަރުގައި ހެދި 64 ވަނަ ހެޓްރިކް އެވެ. ސައުދީ ޕްރޯ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ރޮނާލްޑޯ އެވެ. އެއީ 23 މެޗުން 26 ގޯލު ޖަހައިގެންނެވެ. ރޮނާލްޑޯ ވަނީ ނުވަ ގޯލު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ.