Advertisement

އަލް ހިލާލުން ރޮނާލްޑޯ އަށް ޝައުގުވެރިވެއްޖެ

about 3 hours 0


އަލް ހިލާލުން ރޮނާލްޑޯ އަށް ޝައުގުވެރިވެއްޖެ

about 3 hours 0

ރިޔާދު، ސައުދީ އަރަބިއްޔާ (ނޮވެމްބަރު 8) - ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން، އަލް ހިލާލުން، އެ ލީގުގެ އަލް ނަސްރުގެ ކެޕްޓަން، ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގަންނަން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރޮނާލްޑޯ، 39، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު، އަލް ނަސްރަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަހަރަކު 200 މިލިއަން ޑޮލަރު ލިބޭ ޑީލެއްގަ އެވެ. އަލް ނަސްރުގައި، ރޮނާލްޑޯ އިންޑިވިޖުއަލީ ރަނގަޅު ކުޅުމެއް ދައްކައި، ގިނަ ގޯލުތަކެއް ޖަހަމުން އައި ނަމަވެސް، އެ ލީގު ޑޮމިނޭޓްކުރަނީ، ކާމިޔާބީ އަށް ބަލާއިރު، އަލް ހިލާލް އިންނެވެ.

އަލް ހިލާލް އިން ކުޅުންތެރިއަކަށް އެންމެ ބޮޑު އިންވެސްޓެއް ކުރީ ބްރެޒިލްގެ ތަރި ނޭމާ ގަންނާށެވެ. އަނިޔާއާ ހެދި ނޭމާ އަށް އަލް ހިލާލް އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭއިރު، ދެން އެ ޓީމުން އޭނާގެ ކޮންޓްރެކްޓް އާ ނުކޮށް، އާ ކުޅުންތެރިއަކަށް ބޮޑު އިންވެސްޓެއް ކުރަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން، އެ ކްލަބްގެ ލިސްޓުގެ ކުރީގައި ހިމެނެނީ، ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ އާއި ލިވަޕޫލްގެ . މުހައްމަދު ސަލާހު އެވެ.

މީގެ ތެރެއިން، ވިނީޝިއުސް ގަންނަން ބޭނުންނަމަ، އަލް ހިލާލުން އޭނާގެ ކޮންޓްރެކްޓް ރިލީސްކްލޯސް (އުވާލަން ދައްކަން ޖެހޭ ފީ) އެއް ބިލިއަން ޑޮލަރު ދޭން ޖެހޭނެ އެވެ. އެކަމަކު، ސަލާހު، މި ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި އަލް ހިލާލާ ގުޅުމުގެ ފުރުސަތުގެ އެބައޮތެވެ. ސަލާހާއި ވިނީޝިއުސްގެ އިތުރުން، ދެން، އަލް ހިލާލްގެ ލިސްޓުގައި އޮތީ ރޮނާލްޑޯ އެވެ.

އެކަމަކު، ސައުދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަލް ނަސްރުން އެ ކްލަބްގެ އެންމެ ވާދަވެރި ޓީމު، ހިލާލް އަށް ރޮނާލްޑޯ ވިއްކާލުމުގެ ފުރުސަތު ކުޑަ އެެވެ.

އަލް ނަސްރާ ގުޅުނު ފަހުން ރޮނާލްޑޯ ވަނީ އެ ޓީމަށް ކުޅުނު ވާދަވެރި 78 މެޗުން 68 ލަނޑު ޖަހައި، 18 ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.