Advertisement

މެލޭޝިއާގައި "ﷲ" ގެ އިސްމަފުޅު ޖެހި އިސްޓާކީނު ވިއްކި މާޓަކަށް ހަމަލާ ދީފި

31 މާރިޗު 2024 - 17:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކޭކޭ ސުޕަ މާޓް ޗެއިންގެ ސްޓޯރެއް: ﷲ ގެ އިސްމަފުޅު ޖެހި އިސްޓާކީނު ވިއްކީ ކޭކޭ ފިހާރައަކުން -- ފޮޓޯ:


މެލޭޝިއާގައި "ﷲ" ގެ އިސްމަފުޅު ޖެހި އިސްޓާކީނު ވިއްކި މާޓަކަށް ހަމަލާ ދީފި

31 މާރިޗު 2024 - 17:10 0

މެލޭޝިއާގައި "ﷲ" ގެ އިސްމަފުޅު ޖެހި އިސްޓާކީނު ވިއްކި ސުޕަ މާޓް ޗެއިނެއްގެ ސްޓޯރަކަށް އިއްޔެ ހަމަލާދީފި އެވެ.

މެލޭޝިއާ ފުލުހުން ބުނީ ޕުޗޮންގްގައި ހުރި ކޭކޭ ސުޕަ މާޓްގެ ސްޓޯރަކަށް ހަމަލާދީފައި ވަނީ ޕެޓްރޯލް ބޮމެއް ބޭނުން ކޮށްގެން ކަމަށާއި، ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

މި ހަމަލާ ދިނީ އިސްޓާކީނު ވިއްކި މައްސަލައިގައި ކޭކޭ ސުޕަ މާޓް ޗެއިންގެ ފައުންޑާ ޗައި ކީ ކަންއާއި އޭނާގެ އަނބިމިހާގެ އިތުރުން ކުންފުނީގެ ޑިރެކްޓަރަކާއި ސަޕްލަޔަރަށް ދައުވާ އުފުލާފައި ވަނިކޮށެވެ.

"ހަމަލާއާ ގުޅިގެން ސްޓޯރަށް ވަންނަ ދިމާލުގައި ކޮންމެވެސް ވަރަކަށް ރޯވި. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ" މެލޭޝިއާގެ ފުލުހުންގެ އިސް މީހަކާ ހަވާލާދީ އޭއެފްޕީން ބުންޏެވެ.

މި މައްސަލަ މެލޭޝިއާގެ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ގައުމުގެ ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ.

މެލޭޝިއާގެ ދެވަނައަށް އެންމެ ބޮޑު މިނީ މާކެޓް ޗެއިނުން ވަނީ އިސްޓާކީނު ވިއްކި މައްސަލައިގައި މައާފަށް އެދިފަ އެވެ. މެލޭޝިއާގެ 34 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ މުސްލިމުންނެވެ.