Advertisement

އެމްބީބީއޭ އަށް މި އަހަރަށް 16 މިލިއަން ރުފިޔާގެ ބަޖެޓެއް

30 މާރިޗު 2024 - 20:44 0

އަތޫފް އާތިފް

އަތޫފް އާތިފް

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އާންމު ޖަލްސާގެ ތެރެއިން.-- ފޮޓޯ: ސާޖިދާ އިކްލީލް


އެމްބީބީއޭ އަށް މި އަހަރަށް 16 މިލިއަން ރުފިޔާގެ ބަޖެޓެއް

30 މާރިޗު 2024 - 20:44 0

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ އަހަރީ އާންމު ޖަލްސާ ބާއްވައި އެ އެސޯސިއޭޝަނުން މި އަހަރުގެ އިވެންޓުތަކަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ ބަޖެޓު ފާސްކޮށްފި އެވެ.

އެމްބީބީއޭ އިން މި އަހަރު ޖުމްލަ ފަސް މުބާރާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ ގައުމީ ބޮޑީބޯޑިން ލީގުގެ ހަތަރު މުބާރާތާއި, ބައިނަލްއަގްވާމީ މުބާރާތެއް ކަމަށްވާ ބޮޑީބޯޑިން ޓުއާގެ މޯލްޑިވްސް ޕްރޯ 2024 އެވެ. މީގެ އިތުރުން ބޮޑީބޯޑިން ޖަޖުންނާއި, އިންސްޓްރެކްޓަރުން ތަމްރީނު ކުރަން ވެސް އެ އެސޯސިއޭޝަނުން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން، ހުދު ފޮނު ނަމުގައި ބޮޑީބޯޑިން ޕްރޮގްރާމެއް ބޭއްވުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ. އެއާއެ ކު އެ އެސޯސިއޭޝަނުން މިއަހަރަށް ލަފާކުރާ ބަޖެޓަކީ 16,259,054.37 އެވެ.

މި ފަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތަކީ ބުރުނު ޝިކާރު އެވެ. އެ މުބާރާތް ކުރިއަށްދާނީ މެއި މަހު 5 އިން 10 އަކަށް މާލޭގަ އެވެ. ދެ ވަނަ މުބާރާތަކީ ރަނދާ ބޮޑީބޯޑިން ޗެލެންޖެވެ. އެ މުބާރާތް ކުރިއަށް ދާނީ ޖޫން 8 އިން 14 އަށް ކ. ތުލުސްދޫގަ އެވެ.

ގައުމީ ލީގުގެ ތިން ވަނަ މުބާރާތް ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 20 އިން 28 އަށެވެ. ގައުމީ ލީގުގެ ފަހު މުބާރާތް ބަނޑުފިލާ ޗެލެންޖު ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 18 އިން 24 އަށް މާލޭގަ އެވެ.

ބަޖެޓުން އެންމެ ބޮޑު ހަރަދެއް ދާނެ ކަމަށް ބެލެވެނީ މޯލްޑިވްސް ޕްރޮ 2024 އަށެވެ. ކާމިޔާބުކަމާއެކު, މިދިޔަ ދެ އަހަރު ކުރިއަށް ގެންދިޔަ މުބާރާތް މި އަހަރު ބާއްވަން ނިންމާފައި ވަނީ އޮގަސްޓު 1 އިން 10 އަކަށެވެ. މި ފަހަރުގެ މުބާރާތް ވެސް ކުރިއަށް ދާނީ މާލެ ސިޓީ ވަރުނުލާ ރާޅުގަނޑުގަ އެވެ.