Advertisement

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބަޖެޓް ފާސްކޮށް، ހަަރަކާތްތެރި އަހަރަކަށް

30 މާރިޗު 2024 - 10:08 0

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އަަހަރީ އާންމު ޖަލްސާގެ ތެރެއިން.


ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބަޖެޓް ފާސްކޮށް، ހަަރަކާތްތެރި އަހަރަކަށް

30 މާރިޗު 2024 - 10:08 0

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން އަހަރީ އާންމު ޖަލްސާ ބާއްވައި، އެސޯސިއޭޝަންގެ މި އަހަރުގެ ހަރަކާތްރައް ކަނޑައަޅައި، ބަޖެޓް ފާސްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ، 3،903،741.80 ރުފިޔާ ގެ ބަޖެޓެކެވެ. މިއީ ނިސްބަތުން ބަލާއިރު، ޓީޓީ އެސޯސިއޭޝަނުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ވިސްނައި، ކަނޑައަޅާފައިވާ ބަޖެޓެކެވެ.

އެ ގޮތުން، ބަޖެޓަށް ބަލާއިރު، ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އަށް ވަނީ ބަޖެޓްގެ ބޮޑުބައެއް ހިމަނައިފަ އެވެ. މާލެ ސަރަހައްދުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަށް 770،802 ރުފިޔާ ހިމަނާފައިވާއިރު، އަތޮޅު ތެރޭގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް އަށް ވަނީ 856،462 ރުފިޔާ ހިމަނައިފަ އެވެ.

އަތޮޅު ތެރޭގައި ޓީޓީ އެސޯސިއޭޝަނުން މި ފަހަރު ހަރަކާތްތައް ހިންގަން ރާވަފައި އޮތީ، ތިނަދޫ، އައްޑޫ، ފުވައްމުލަކުގެ އިތުރުން ތ. ތިމަރަފުށީގަ އެވެ. މީގެ އިތުރުން، އަމްޕަޔަރުންނާއި ކޯޗުން ތަމްރީން ކުރުމުގެ ކޯސްތައް، ފުވައްމުލަށް، އައްޑޫ، ގދ. ތިނަދޫ، ކ. ތުލުސްދޫ، އއ. އުކުޅަސް، ޅ. ނައިފަރު، ރ. އުނގޫފާރު އަދި ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދަން ވަނީ ރާވައިފަ އެވެ. އަމްޕަޔަރު/ކޯޗިން ކޯހުގެ ކަންކަމުގެ ތެރެއިން ވެސް ވައިޑީޕީގެ ކަންކަން ކުރަން ވަނީ ހިމަނައިފަ އެެވެ.

ބައިނަަލްއަގުވާމީ މުބާރާތްތަކުގެ ތެރޭގައި ހިމަނާފައިވަނީ، ތައިލެންޑުގެ ބެންކޮކްގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫޓު ކޮންޓެންޑާ މުބާރާތް، ސްރީ ލަންކާގައި ހޯސްޓްކުރާ ސައުތު އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް، ސައުތު އޭޝިއަން ކޮލިފިކޭޝަން މުބާރާތް، އިޓަލީގައި ބާއްވާ ވޯލްޑް ޔޫތު ކޮންޓެންޑާ މުބާރާތް، ޕޮލެންޑްގައި ބާއްވާ ވޯލްޑް ޔޫތު ކޮންޓެންޑާ މުބާރާތް، ރާއްޖޭގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ފީޑާ އިވެންޓް، ސައުތު އޭޝިއާގެ ޖޫނިއާ އާއި ކެޑޭޓް ޗެމްޕިއަންޝިޕް އެވެ.

އަހަރީ އާންމު ޖަލްސާގައި ޓީޓީ އެސޯސިއޭޝަންގެ އެޕް ލޯންޗްކުރިއިރު، މިދިޔަ އަހަރުގެ މުބާރާތްތަކުގައި، ކާމިޔާބު ހޯދި އެތުލީޓުންނާއި އޮފިޝަލުންނަށް ހަނދާނީ ފިލާ ދެވުނެވެ. މީގެ އިތުރުން، ރާއްޖޭގެ ޓޭބަލް ޓެނިހަށް ހިދުމަތްކޮށްދެއްވި ހާއްސަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފިލާ ދެއްވި އެވެ. އެ ގޮތުން، އަގުވަޒަންކުރުމުގެ ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަކީ، އަހުމަދު ލަތީފް، އަހުމަދު އަލީ ރިޒާ، ޔޫސުފް ހަލީމް، އަދީލް ޖަލީލް އަދި ޒުލެއިހާ އިބްރާހިމް އެވެ.