Advertisement

ކުރީގެ ޓެކްސް ކަމިޝަނަރު ޔަޒީދް އެ މަގާމަށް އަލުުން އަންޔަން ކުރަން މަޖިލީހަށް ނަން ފޮނުވައިފި

13 މާރިޗު 2024 - 11:56 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ޔަޒީދު ކުރިން ހުންނެވި އިރު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. އޭނާ އެ މަގާމުން ވަކިވީ 2019 ގައި ޓެކްސް ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން -- ފޮޓޯ: މީރާ


ކުރީގެ ޓެކްސް ކަމިޝަނަރު ޔަޒީދް އެ މަގާމަށް އަލުުން އަންޔަން ކުރަން މަޖިލީހަށް ނަން ފޮނުވައިފި

13 މާރިޗު 2024 - 11:56 1

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސް މަގާމު، ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަގާމަށް އެ މަގާމުން 2019 ވަނަ އަހަރު ވަކިވި ޔަޒީދު މުހައްމަދު އަލުން އެ މަގާމަށް އައްޔަންކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާގެ ނަން ފޮނުއްވައިފި އެވެ.

ކަމިޝަނާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހުނީ ޔަޒީދަށް ފަހު އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވި ސިޓީގައިވާ ގޮތުން، ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރަން ފޮނުއްވި ނަންތައް ތަރުތީބުކުރެއްވީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ.

ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުުރަން އެމަނިކުފާނު ފޮނުއްވި ދެވަނަ ނަމަކީ ކުރިން ޑެޕިއުޓީ ކަމިޝަނަރަކަށް ހުންނެވި ހަސަން ޒަރީރުގެ ނަމެވެ.

ޔަޒީދާއި ޒަރީރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މީރާއަށް އައްޔަންކުރި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންގެ މީރާއިން ވަކިވީ، ކަމިޝަނާ އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކަމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅުން އަލުން އައްޔަން ކުރަން ޖެހޭ ގޮތަށް 2019 ގައި ގާނޫނު ބަދަލުކުރުމުންނެވެ.