28 ފެބުރުވަރީ 2024 - 07:11 0
އަޒްލިފާ އަބްދުﷲ
މީރޭގެ ކުރީގެ ކޮމިޝަނާ ޖެނެރަލް ފަތުހުﷲ ޖަމީލް -- ފޮޓޯ: އަދަދު
28 ފެބުރުވަރީ 2024 - 07:11 0
ދައުލަތުގެ މާލިއްޔާ މިހާރު އޮތީ މިސްރާބުން ކައްސާލައިފައި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރާ ކެމްޕޭން ފަށަން ފެބްރުއަރީ 26 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ފަތުހުﷲ ވިދާޅުވީ މިހާރު އަޑުއިވޭ ގޮތުން ރާއްޖެއަށް ރެކޯޑް އަދަދުތަކުން ޓޫރިސްޓުން އަންނަ ކަމަށާއި ރާއްޖެއަށް ރެކޯޑް މިންވަރަކަށް އާމްދަނީ ލިބޭ ކަަމަށް އަޑު އިވޭ ކަަމަށެވެ.
"ހަމަ އެއާ އެކު އަޑުއިވިގެން މިދަނީ ކޮން އަޑެއްތޯ؟ ދައުލަތުން އާންމު ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ނުދެވޭ ވާހަކަ. އެންމެ ކުޑަމިނުން މަސްވެރިންނަށް މަހުގެ އަގު އަދާނުކުރެވޭ ވާހަކަ، އެހެންވީމާ މި ފާހަަގަކުރަނީ ދިވެހި މާލިއްޔާގެ މިސްރާބު މިއޮތީ ކައްސައިލައިފައޭ،" ފަތުހުﷲ ވިދާޅުވި އެެވެ.
މާލިއްޔާ ހަމަމަގަށް އެޅުވޭނީ ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އެމްޑީޕީއަށް ދީގެން ކަމަށެވެ. އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކޮވިޑް-19 ގެ އާލަމީ ވަބާއާއި ޔުކްރެއިން ހަނގުރާމައާ ހެދި ތެޔޮ އަގުބޮޑުވުން ފަދަ އެތައް ކަމެއް ދިމާވި އިރު ދައުލަތުގެ އެންމެ މުވައްޒަފަކު ވެސް ވަޒީފާއިން ވަކިނުކުރާ ކަމާއި މުސާރަ ވެސް ކުޑަނުކުރާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ދައުލަތުގެ މާލިއްޔާ ހަމަ މަގަށް އަޅުވަން މަަސައްކަތް ކުރާ ނަމަ މިވަގުތަކީ ހަރަދުކުޑަކުރަން ޖެހޭ ވަގުތެއް ކަމަށާއި އެހެން ނަަމެސް ސަރުކާރުން ކަންކުރާތަން ފެންނަނީ އެގޮތަށް ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަރަދުކުޑަކުރުުމުގެ ވާހަކަ ދައްކާ އިރު ސަރުކާރު އެބަ ޖެހޭ ބަހާ އަަަމަލާ ދިމާވާން، އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ ދައުލަތުގެ މަތީފަޑީގެ މަގާމުތަކަށް އިންތިހާއަށް [މީހުން އައްޔަންކުރާތަން]،" ފަތުހުﷲ ވިދާޅުވި އެވެ.
Comment