Advertisement

ބަންގްލަދޭޝްގައި ކުޑަކުދިންނާ ކައިވެނިކުރުން ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރު ވަނީ

30 މާރިޗު 2024 - 08:29 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުޑަކުދިން ކައިވެނި ކުރުމާ ދެކޮޅަށް ކުރިއަށްގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން -- ފޮޓޯ: ދަ އިންޑިޕެންޑެންޓް


ބަންގްލަދޭޝްގައި ކުޑަކުދިންނާ ކައިވެނިކުރުން ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރު ވަނީ

30 މާރިޗު 2024 - 08:29 0

ބަންގްލަދޭޝްގައި ކުޑަ ކުދިންނާ ކައިވެނި ކުރުން އިތުރުވެފައިވާކަން ދިރާސާއަކުން ދައްކައިފި އެވެ.

ބަންގްލަދޭޝްގެ ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 308،000 ގޭބިސީއެއްގެ 20 އަހަރާއި 24 އަހަރާ ދެމެދުގެ އަންހެނުންގެ މައުލޫމާތު އެއްކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި 41.6 ޕަސަންޓު އަންހެނުން ކައިވެނި ކުރީ 18 އަހަަރު ފުރުމުގެ ކުރިންނެވެ.

ބަންގްލަދޭޝްގައި ގާނޫނީ އުމުރު ހަމަވުމުގެ ކުރިން ކައިވެނި ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި އަހަރަކަށްވުރެ އަހަރެއް ކުޑަކުދިންނާ ކައިވެނި ކުރުން ދަނީ އިތުރުވަމުންނެވެ.

އެންމެ ފަހުން ހެދި ދިރާސާއިން ދައްކާ ގޮތުން އުމުރުން 15 އަހަރުން ދަށުގެ އަންހެން ކުދިން ކައިވެނިކުރި ނިސްބަތް 2020 ވަަނަ އަހަރު 4.9 ޕަސެންޓުގައި ހުރިއިރު، 18 އަހަރު ފުރުމުގެ ކުރިން ކައިވެނި ކުރި ނިސްބަތް ހުރީ 31.3 ޕަސެންޓުގަ އެވެ. ނިމިގެން މިދިޔަ 2023 ވަނަ އަހަރު މި ނިސްބަތް ހުރީ، 8.2 ޕަސެންޓު އަދި 41.6 ޕަސެންޓުގަ އެވެ.

ބަންގްލަދޭޝްގެ ގާނޫނު ބުނާ ގޮތުން އަންހެނުންނަށް ކައިވެނި ކުރެވެނީ 18 އަހަރު ފުރުމުންނެވެ. އަދި ފިރިހެނުންނަށް ކައިވެނި ކުރެވެނީ 21 އަހަރު ފުރުމުންނެވެ.