Advertisement

ރަޝިއާއަށް ދިން ހަމަލާ: ތަޖިކިސްތާނުން ނުވަ މީހަކު ހައްޔަރުކޮށްފި

30 މާރިޗު 2024 - 07:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރަޝިއާއަށް ދިން ހަމަލާ: ތަޖިކިސްތާނުން ނުވަ މީހަކު ހައްޔަރުކޮށްފި

30 މާރިޗު 2024 - 07:37 0

ރަޝިއާގެ ކްރޯކަސް ސިޓީ ހޯލަށް މިދިޔަ ހަފްތާގައި ދިން ހަމަލާއާ ގުޅިގެން ތަޖިކިސްތާނުން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

ރަޝިއާގެ ނޫސްތަކުން ބުނީ މި ނުވަ މީހުން ތަޖިކިސްތާނުން ހައްޔަރުކުރީ ހަމަލާ ދިން މީހުންނާ ގުޅުން އޮތް ކަމަށް ބެލެވިގެން ކަމަށާއި، އެ މީހުން ހައްޔަރު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ރަޝިއާގެ ސަލާމަތީ ބާރުތަކުންވެސް ބައިވެރިވެފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންނަކީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަދި ހަމަލާގެ ޒިންމާ ނަގާފައިވާ އައިއެސްއާ ގުޅުން އޮތް ބައެއް ކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ހަމަލާއާ ގުޅިގެން ގިނަ ބަޔަކު ރަޝިއާއިންވެސް ހައްޔަރު ކޮށްފައިވާއިރު، މައްސަލަ ތަހުގީގުކޮށް އެމީހުންގެ މައްޗަށް ދައުވާ އުފުލުގެ މަަސައްކަތް ދަނީ ކުރަމުންނެވެ.

ކްރޯކަސް ސިޓީ ހޯލަށް ހަތިޔާރު އެޅި ފަސް ވަރަކަށް މީހުން ވަދެ ބަޑިންނާއި، އެއްޗެހި ގޮއްވާލައިގެން ދިން ހަމަލާގައި 144 މީހުން ވަނީ މަރުވެފަ އެވެ. އަދި ގިނަ ބަޔަކު ވަނީ ޒަހަމް ވެސް ވެފަ އެވެ.