Advertisement

މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި

30 މާރިޗު 2024 - 09:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މަޖިލިސް އިންތިހާބާ ގުޅޭ 8 މައްސަލައެއް އެ ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި

30 މާރިޗު 2024 - 09:35 0

އޭޕްރިލް 21، ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ އަށް މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "އަދަދު" އަށް ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ލިބިފައިވާ މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއް ރަޖިސްޓްރީކޮށް، ތަހުގީގު ފަށާފައިވާ ކަމަށެވެ.

އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި، ކެމްޕޭނު ކުރުމުގައި ރިޝްވަތު ހުށަހެޅުމުގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް މަނިކު ވިދާޅުވި އެވެ.

"ހުރިހާ ދިމާލަކުން ވެސް ޝަކުވާ އެބަ އާދޭ. 10 މައްސަލައެއް މިހާތަނަށް ވަނީ ކޮމިޝަނަށް ހުށަހަޅާފައި" މަނިކު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ކަރަޕްޝަންގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ، އެ މައްސަލައެއް އޭސީސީއަށް ހުށަހެޅުމަށް ވެސް އޭސީސީން ވެސް އިލްތިމާސްކުރެ އެވެ. އިންތިހާބަށް ހާއްސަ ކުރެވިފައިވާ އިންތިހާބާ ގުޅޭ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ އެވެ.