Advertisement

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭގޮތުން އޭޖީ އޮފީހުން އޮޑިޓާ ޖެނެރަލާއި އޭސީސީއާ މަޝްވަރާކޮށްފި

23 ޖުލައި 2024 - 18:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިއަދުގެ މަޝްވަރާތަކުގައި އޭޖީ އުޝާމް އަދި އެ އޮފީހުގެ ޓީމު ބައިވެރިވަނީ - ފޮޓޯ: އޭޖީ އެފީސް


ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭގޮތުން އޭޖީ އޮފީހުން އޮޑިޓާ ޖެނެރަލާއި އޭސީސީއާ މަޝްވަރާކޮށްފި

23 ޖުލައި 2024 - 18:16 0

ދައުލަތަށް ލިބެންޖެހޭ ފައިސާއާ ގުޅޭގޮތުން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ މަޝްވަރާކޮށްފި އެވެ.

އޭޖީ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުން މި މަޝްވަރާތަކުގައި ބަންޑާރަނައިބު އަހުމަދު އުޝާމު އަދި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ، އަދި އޭސީސީގެ ރައީސް އާދަމް ޝާމިލް ބައިވެރިވި އެވެ.

އޭޖީ އޮފީހުން ވަކިވަކިން ބޭއްވި މި ދެ މަޝްވަރާ ބައްދަލުވުމުގައި ތިން އޮފީހުގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. މިކަމުގެ އިތުރު ތަފުސީލެއް ނުދެ އެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭގޮތުން އިދާރާތަކުން މަޝްވަރާކޮށްފައިވާއިރު، އެ ފައިސާ ހޯދުމަށް ދައުލަތުގެ އިދާރާތަކުން މަސައްކަތް ނުކުރާ ކަމަށް އޭސީސީއިން 16 މެއި، ގައި ވަނީ ތުހުމަތުކޮށްފަ އެވެ.

އޭސީސީއިން މި އަހަރު ތަހުގީގުކޮށް ނިންމި މައްސަލަތަކުން، ދައުލަތަށް ލިބެން ޖެހޭކަމަށް ނިންމާފައިވަނީ 50.3 މިލިއަން ރުފިޔާ އެވެ.

އޭގެތެރެއިން 40.4 މިލިޔަން ރުފިޔާ އަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ހޯދަން އަންގާފައިވާ ފައިސާ އެވެ. އޭސީސީއިން ހޯދަން އެދުނު ފައިސާގެ ތެރޭގައި އެމްޓީސީސީން 8.4 މިލިޔަން ރިފިޔާ ހޯދަން ޖެހޭ އިރު ފެނަކައިން ވެސް ގާތްގަނޑަކަށް 1.4 މިލިޔަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ބުންޏެވެ.