Advertisement

ޓޫރިޒަމްގެ ތެރެއިން ރާއްޖެ ކުޅިވަރުގެ މަންޒިލަކަށް ހެދުމުގެ އަމާޒެއް

28 މާރިޗު 2024 - 16:19 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ): ސްޕޯޓްސް ޓުއަރިޒަމްގެ ތެރެއިން ހުރި ފުރުސަތުތަަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެ.


ޓޫރިޒަމްގެ ތެރެއިން ރާއްޖެ ކުޅިވަރުގެ މަންޒިލަކަށް ހެދުމުގެ އަމާޒެއް

28 މާރިޗު 2024 - 16:19 0

ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭ ނިސްބަތް ރަނގަޅުކޮށް، ޓޫރިޒަމްގެ ތެރެއިން ރާއްޖެ އަކީ ކުޅިވަރުގެ މަންޒިލަކަށް ހެދުމުގެ މަސައްކަތް އެކިއެކި ފަރާތްތަކާ ގުޅިގެން ކުރައްވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރާފިއު މި ގޮތަށް ވިދާޅުވީ، ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

އެ ގޮތުން، ރާފިއު ވިދާޅުވީ ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތްތައް، ވަކިން ހާއްސަކޮށް އިންޓަނޭޝަނަލް މުބާރާތްތަކާ ދިމާކޮށް އެކިއެކި ހަރަކާތްތައް ރާވައި، ޓޫރިޒަމް ޕްރޮމޯޓްކުރަން މުއައްސަސާތަކާ ގުޅިގެން މަޝްވަރާ ކުރެވޭ ކަމަށެެވެ.

"ދުނިޔެ އަށް ރާއްޖޭގެ ރީތިކަން ދައްކައި ރާއްޖެ އަކީ ސްޕޯޓްސް ޑެސްޓިނޭޝަނެއްގެ ގޮތުގައި، ތައާރަފްކޮށް، އެކަން ފުޅާކުރަން ކުރެވެން ހުރި މަސައްކަތްތަކެއް ކުރަން، އެ ގޮތުގެ މަތިން އެމްއެމްޕީއާރްސީ އާއި އެމްއައިޓީޑީސީ އާއި ވަކިން ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ރާއްޖޭގައި ބާއްވާ ހުރިހާ އިންޓަނޭޝަނަލް މުބާރާތެއް ވެސް ވަރަށް ކޯޑިނޭޓްކޮށްގެން ގެންދަނީ، އެ ގޮތުގެ މަތިން އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ވެސް ގެންދާނީ،" ރާފިއު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ،---- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު/ އަދަދު


"ކުޅިވަރުގެ ސަބަބުން ރާއްޖޭގެ އިކޮނޮމީ އަށް ފައިދާ ވީހާވެސް ބޮޑު ގޮތެއްގައި ވާ ގޮތަށް ކުރިއަށް ދިއުން،"

މި އަހަރު ރާއްޖޭގައި ބޭއްވުމަށް މަޝްވަރާ ކުރެވިފައިވާ މުބާރާތަކަށް ބަލާއިރު، ޖޫން މަހު ބާއްވާ ސައުތު އޭޝިއަަން ބޮޑީބިލްޑިން މުބާރާތާއި ނޮވެމްބަރު މަހު ބާއްވާ ބޮޑީބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް، ޖޫން މަހު ބާއްވާ މޯލްޑިވްސް އޯޕަން ޕޫލްބިލިއާޑް މުބާރާތާއި އޮގަސްޓް މަހު ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތުގެ އިތުރުން މޯލްޑިވްސް އޯޕަން ބެޑްމިންޓަން މުބާރާތެއް ހިމެނެ އެވެ.

ސަރުކާރުން މި މުބާރާތަށް ރާއްޖޭގައި ހޯސްޓްކުރާއިރު، ޓާގެޓާ މެދު ކުރެވުނު ސުވާލުގެ ޖަވާބުގައި މިނިސްޓަރު ރާފިއު ވިދާޅުވީ، "އަބަދުވެސް ޓާގެޓަކީ ގޯލްޑް. ކެރަމް ނޫނަސް އެހެން ކުޅިވަރުތަކުގައި ވެސް،" މިހެނެވެ.

ހަމައެކަނި ރާއްޖޭގައި ކުޅިވަރުގެ މުބާރާތްތައް ހޯސްޓްކުރުމުގެ ވިސްނުމުގެ އިތުރުން ކުޅިވަރާ ގުޅުންހުރި މުހިންމު ބައްދަލުވުންތައް/ކޮންފަރެންސްތައް ވެސް ރާއްޖޭގައި ބޭއްވުމުގެ ވިސްނުން ސަރުކާރުން ގެންގުޅެ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ގިނަ ކުޅިވަރުތަކެއްގެ ބައިނަލްއަގުވާމީ މުބާރާތްތަކެއް ވަނީ ހޯސްޓްކޮށްފަ އެވެ. އެކަމަކު، އެންމެ ބޮޑު މައްސަލަ އަކަށް ދިމާވެފައި އޮތީ، ބައިނަލްއަގުވާމީ ލެވަލްގެ މުބާރާތްތައް ހޯސްޓްކުރާނެ ފަދަ އެކަށޭނެ ކުޅިވަރުގެ ވަސީލަތްތަކެއް/އިންފްރާސްޓްރަކްޗާތަކެއް ނެތުމެވެ.