Advertisement

ކެންޑިޑެސީ ބާތިލުކުރުމުން ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ އިބޫ ޖަލީލަށް

28 މާރިޗު 2024 - 16:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވީބީ ހަސަން އެމްޑީޕީގެ އިސްވެރިންނާއެކު: ވާދަނުކުރެވޭނެ ކަމަށް ކޯޓުން ނިންމުމުން ހަސަނުގެ ތާއީދު އެމްޑީޕީއަށް - ފޮޓޯ: އިޔާދު / އަދަދު


ކެންޑިޑެސީ ބާތިލުކުރުމުން ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ އިބޫ ޖަލީލަށް

28 މާރިޗު 2024 - 16:08 0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރި ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލް ކުރުމާއެކު، އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލު) އަށް ތާއީދުކުރަން ނިންމައިފި އެވެ.

އިބޫ ޖަލީލަށް ތާއީދު ކުރިކަން ހަސަން އިއުލާނުކުރީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ފުލުހަށް ހާޒިރުކުރުމަށްފަހު އެ ސަރަހައްދުގައި އެއްވެ ތިބި އެމްޑީޕީގެ އިސްވެރިންގެ ގާތަށް ގޮހެވެ. އެގޮތުން އޭނާ ވަނީ އެމްޑީޕީގެ ކެންޑިޑޭޓާއެކު ފޮޓޯ ނަގާ ފުރިހަމަ ތާއީދު އޮތް ކަމަށް ބުނެފަ އެވެ.

ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައި، ހަސަން އަށް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިއަދު އެވެ.

ސުޕްރީމް ކޯޓުން މި ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ރިޔާސާތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ހ. ކްއީން، އިލްޔާސް އަހުމަދު ހުށަހަޅާފައިވާ އެ މައްސަލާފައި ތުހުމަތު ކޮށްފައިވާ ގޮތުގައި ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ޝަރީއަތަށް ސާބިތުވެފައިވާއިރު ހުކުމާ އެއްގޮތަށް އޭނާ ދަރަނި އަދާކުރަމުން ނުދެ އެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުުންގެ މަޖިލީހުގެ ގަވައިދުގައި، ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތު، އޭނާގެ ކިބައިގައި ފުރިހަމަ ނުވާނެ ސަބަބެއް ކަމަށް ވެސް އިލްޔާސް ހުށަހެޅި ދައުވާގައި ބުނެފައި ވެ އެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ވެސް ބުނަނީ، އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާ ނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ ކަމަށެވެ.