Advertisement

ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރަން ފަހުމުނާމާއެއް

28 މާރިޗު 2024 - 15:01 0


ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރަން ފަހުމުނާމާއެއް

28 މާރިޗު 2024 - 15:01 0

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި، "އިސްރަށްވެހިންގެ ނާދީ" ތަރައްގީ ކުރުމަށް މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. ސޯޝަލް ޑިވެލޮޕްމަންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އަދި, އެ ތަނުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.

މިތަން ހުންނާނީ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރު އަށެއްގަ އެވެ. މި ތަނުގައި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދާނެ އެވެ. މި ތަން ބަލަހައްޓާނީ ސޯޝަލް ޑިވެލޮޕްމަންޓު މިނިސްޓްރީންނެވެ.