Advertisement

އިނގިރޭސި ރަސްގެފާނު ޗާލްސްއާ, ނަޝީދު ބައްދަލުކުރައްވައިފި

28 މާރިޗު 2024 - 11:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ރައީސް ނަޝީދު (ކ)، އިނގިރޭސި ރަސްގެފާނު ޗާލްސް (ވ) އާ ބައްދަލު ކުރެއްވުން -- ފޮޓޯ: ޕީއޭ ވަޔާ


އިނގިރޭސި ރަސްގެފާނު ޗާލްސްއާ, ނަޝީދު ބައްދަލުކުރައްވައިފި

28 މާރިޗު 2024 - 11:45 0

ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

ނަޝީދު ރަސްގެފާނު ޗާލްސްއާ ބައްދަލުކުރެއްވީ ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކަމަށްވާއިރު، މި ބައްދަލުވުން ކުރިޔަށްދިޔައީ ބަކިންގްހަމް ޕެލެސްގަ އެވެ.

މި ބައްދަލުވުމާ ގުޅޭ ތަފްސީލެއް ބަކިންގްހަމް ޕެލެސްގެ އިތުރުން ނަޝީދު ވެސް ހާމަ ކުރައްވާފައި ނުވާއިރު، ބެލެވޭ ގޮތުގައި ބައްދަލުވުން ކުރިޔަށް ގެންދިޔައީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުންނެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި މިވަނީ ރަސްގެފާނު ޗާލްސްގެ ދަރިކަލުން ޕްރިންސް ވިލިއަމްސްގެ އަނބިކަނބަލުން ކޭޓް މިޑަލްޓަން ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވާކަން އިއުލާންކުރެއްވިތާ ހަފްތާއެއް ތެރޭގަ އެވެ.

އުމުރުން 75 އަހަރުގެ ރަސްގެފާނު ޗާލްސްވެސް އަންނަނީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންކަން މިދިޔަ ފެބްރުއަރީ ކުރީކޮޅު ވަނީ ހާމަ ކުރައްވާފަ އެވެ.

ސީވީއެފްއަކީ ރައީސް ނަޝީދު އަދި ދިވެހިރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ނޮވެމްބަރު، 2009، ގައި ރާއްޖޭގަ އެވެ. އެއިރު ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 10 އެވެ.

ސީވީއެފްގައި މިހާރު 58 މެމްބަރު ގައުމު ހިމެނޭއިރު އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެ އެވެ.