Advertisement

ފިތުރު އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

28 މާރިޗު 2024 - 11:25 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މާލެ ސިޓީގެ މަގު މަތި -- ފޮޓޯ: އަދަދު


ފިތުރު އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

28 މާރިޗު 2024 - 11:25 0

ފިތުރު އީދު ދުވަހު ހަވީރު 4:00 ފެށިގެން އިރުއޮއްސި 6:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިގޮތަށް ނިންމީ މިއަދު އޮތް މާޅެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.

ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތައް ބަންދުކުރުމަށް ހުށަހަޅަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެގޮތަށް ހުށަހަޅާފައިވަނީ ދިވެހި ބަހާއި ތަރިކައާއި ބެހޭ ވުޒާރާއިން ކަމަށެވެ. އަދި އެ ވުޒާރާގެ ފަރާތުން އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެ ވަގުތު 4:00 އިން 8:00 އިތުރުކުރުމަށް ބައެއް ކައުންސިލު މެމްބަރުންގެ ފަރާތުން މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ހުށަހެޅި އެވެ. އެގޮތަށް ވޯޓު ދިނީ 11 ކައުންސިލަރުންގެ ތެރެއިން ހަތަރު ކައުންސިލަރުންނެވެ.

އީދު ދުވަހު ހަވީރު 4:00 އިން ފެށީގެން 6:00 އަށް މާލޭގެ މަގުތަށް ވެހިކަލް ނުދުއްވޭ ގޮތަށް ބަންދުކުރަން ފާސްވީ 11 ކައުންސިލު މެމްބަރުންގެ ތެރެއިން އަށް މެމްބަރުންގެ ވޯޓުންނެވެ.

އީދު ދުވަހު ހިނގާފައި އުޅޭ ގޮތަށް ފުރަތަމަ ހަމަޖެއްސީ މީގެ 25 ވަރަހަށް އަހަރު ކުރިންނެވެ. އޭގެ ފަހުން ވަރަށް ގިނަ އަހަރު، ކޮންމެ އީދު ދުވަހެއްގެ ވަކި ވަގުތަކު މާލޭގައި ވެހިކަލް ދުއްވުން މަނާ ކުރެ އެވެ.