Advertisement

މިއީ ކެރިއަރުގައި އެންމެ ރަނގަޅަށް ކުޅެވޭ ދުވަސްތައް: މުސިއާލާ

28 މާރިޗު 2024 - 10:42 0


މިއީ ކެރިއަރުގައި އެންމެ ރަނގަޅަށް ކުޅެވޭ ދުވަސްތައް: މުސިއާލާ

28 މާރިޗު 2024 - 10:42 0

ބާލިން (މާޗް 28) - މިއީ ފުޓްބޯޅަ ކެރިއަރުގައި އެންމެ ރަނގަޅަށް ކުޅެވޭ ދުވަސްތައް ކަމަށާއި, މިހާރު ހުރި ފޯމުގައި ޔޫރޯ އަށް ދާން ބޭނުންވާ ކަމަށް ޖަރުމަނުގެ ޒުވާން ތަރި، ޖަމާލް މުސިއާލާ ބުނެފި އެވެ.

ޖަރުމަނުން މި ހަފުތާގައި ކުޅުނު ދެ މެޗުގައި މުސިއާލާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނެވެ. އެ ގޮތުން ފުރަތަމަ މެޗުގައި ޖަރުމަނުން، ފްރާންސް އަތުން 2-0 ގެ ނަތީޖާ އަކުން މޮޅުވިއިރު, ދެ ވަނަ މެޗުގައި ނެދަލަންޑްސް އަތުން 2-1 ގެ ނަތީޖާ އަކުން ވަނީ މޮޅުވެފަ އެވެ.

މި ސީޒަންގެ ކުރީކޮޅު އަނިޔާގެ ސަބަބުން މުސިއާލާގެ ފޯމު ވަރަށް ބޮޑަށް ދަށްވި އެވެ. އެކަމަކު، މުސިއާލާ އެންމެ ފަހުން ކުޅުނު ހަ މެޗުން ފަސް ގޯލު ކާމިޔާބު ކޮށް ހަތަރު ގޯލު ޖެހުމުގައި އެހީތެރިވެދިނެވެ.

"އަހަރެން ގަބޫލުކުރަނީ އަހަރެން މިހުރީ އަހަރެންގެ ކެރިޔަރުގައި އެންމެ ފޯމުގައި ކަމަށް. މިހާރު އަހަންނަށް އެބަ އިހުސާސު ކުރެވޭ ސަޕޯޓަރުން ބޭނުންވާ ކުޅުން ކުޅެވޭ ކަން. ގޯލު ޖަހާ އެސިސްޓް ގިނައިން އެބަހެދޭ" މުސިއާލާ ބުންޏެވެ.

މުސިއާލާ ބުނީ މިހާރު ހުރި ފޯމުގައި ޔޫރޯ އަށް ދާން ބޭނުންވާ ކަމަށާއި, އެހެންވެ އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަަހަރެން ވަރަށް ބުުރަކޮށް އެބަ މަސައްކަތް ކުރަން މިހާރު މިހުރި ފޯމު ދަމަހައްޓަން. މީގަ މުހިންމީ ފޯމު ދަމަހެއްޓުން. ޔޫރޯ އަށް ދާން ބޭނުންވަނީ މި ފޯމުގައި ހުރެ" މުސިއާލާ ބުންޏެވެ.

މުސިއާލާ އަކީ ޖަރުމަނު ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާ ކުރާ ކުޅުންތެރި އެކެވެ. ގަތަރު ވޯލްޑް ކަޕުގައި ޖަރުމަނު ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މުސިއާލާގެ ކުޅުން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ.