Advertisement

70 އަހަރަށް ފަހު ޖަރުމަނު ޓީމު އެޑިޑާސްއާ ދުރަށް

23 މާރިޗު 2024 - 10:47 0


70 އަހަރަށް ފަހު ޖަރުމަނު ޓީމު އެޑިޑާސްއާ ދުރަށް

23 މާރިޗު 2024 - 10:47 0

ބާލިން (މާޗް 23) - ޖަރުމަނުގެ ފުޓްބޯޅަ ޓީމުތައް 70 އަހަރަށް ފަހު އެޑިޑާސް ބްރޭންޑް ދޫކޮށްލައި، ނައިކީ އަށް ބަދަލުވާން ނިންމާފައިވާ ކަމަށް ޖަރުމަނުގެ ފުޓްބޯޅަ އިދާރާ، ޑީއެފްބީން އިއުލާނުކޮށްފި އެވެ.

ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، 2027 އިން 2034 އަށް ޖަރުމަނު ޓީމުތަކުން ބޭނުންކުރާނީ ނައިކީ ބްރޭންޑް ކަމަށެވެ. މާނަ އަކީ، 70 އަށް ވުރެ ގިނަ އަހަރަށް ފަހު، ޖަރުމަނު ފުޓްބޯޅަ ޓީމުތަކުން ދެން ފެންނާނީ އެހެން ބްރޭންޑަކާ އެކު ކަމެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ބާން ނުއެންޑޯފް ވިދާޅުވީ، ނައިކީ އިން ދީފައިވާ ޑީލަކީ ޖަރުމަނުގެ ފުޓްބޯޅަ ޑިވެލޮޕްމަންޓް ކަންކަމަށް ބަލާއިރު، ފައިދާ ބޮޑު އޮފާއެއް ކަމަށެވެ. އެހެންކަމުން، ހުރިހާ ގޮތަކުން ވިސްނުމަށް ފަހު، ޖަރުމަނުގެ ފުޓްބޯޅައިގެ ކުރިމަގަށް ބަލާފައި، ނައިކީއާ އެކު ކުރިއަށް ދާން ނިންމީ ކަމަށް ނުއެންޑޯފް ވިދާޅުވި އެވެ.

ނައިކީއާ އެކު ޑީލެއް ހެދި ނަމަވެސް، 2026 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެޑިޑާސްއާ އެކު، ވީ އެންމެ ފުރިހަމަ އަށް ކުރިއަށްދާން ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެ ޖަމިއްޔާ އިން ވަނީ ދީފަ އެވެ.