Advertisement

ފަައްޔާޒު ފުލުހަށް ހާޒިރުކުރާ މައްސަލައިގައި ސޯލިހު، "އަނިޔާވެރި ނުވެ ވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ"

27 މާރިޗު 2024 - 21:52 0

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ފައްޔާޒު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އާރުޑީސީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފަައްޔާޒު ފުލުހަށް ހާޒިރުކުރާ މައްސަލައިގައި ސޯލިހު، "އަނިޔާވެރި ނުވެ ވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ"

27 މާރިޗު 2024 - 21:52 0

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހިޔާނާތުގެ މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުލުހަށް ހާޒިރުކުރާ މައްސަލައިގައި ކަންބޮޑުވެވަޑައިގެން އަނިޔާވެރި ނުވެ ވެސް ހިދުމަތް ކުރެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ސޯލިހުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ފައްޔާޒު މާދަމާ ފުލުހަށް ހާޒިރުކުރަން ޗިޓު ފޮނުވި މައްސަލައިގައި އޭނާ ވިދާޅުވީ އެ މައްސަލައިގައި ހާޒިރުކުރަން ޖެހޭ ސަަބަބެއް ނޭނގޭ ކަމަށާއި އެއީ އެއްވެސް އަސާސެއް ނެތް ސިޔާސީ ތުހުމަތެއް ކަމަށެވެ.

ހަމަ މި މޭރުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ އެއްވެސް އަސާސެއް ނެތި ސިޔާސީ ލީޑަރުން ފުލުހަށް ހާޒިރުކުރަން ފެށުމުން އެ އިއާދަވަނީ ކުރިން ދުށް އަނިޔާވެރިކަމާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ސިލްސިލާ ކަމަށެވެ.

"އެއްވެސް އަސާސެއް ނެތި ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އެ އިޔާދަވަނީ ކުރީގައިވެސް އަޅުގަނޑުމެން ދުށް އަނިޔާވެރިކަމާއި ގާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ." އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން "އަނިޔާވެރި" ވާނެ ކަމުގެ ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ޕޯޑިއަމްތަކުގައި ސޯލިހާއި އެމްޑީޕިގެ ލީޑަރުން ދައްކަވަމުން ގެންދަވާ ވާހަކައެކެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނުދޭންވީ މައިގަނޑު ސަބަބެއްގެ ގޮތުގައި އެބޭފުޅުން ތަކުރާރުކޮށް ފާހަގަކުރައްވާ ނުކުތާއަކީ ވެސް މިއީ އެވެ.