Advertisement

އާރުޑީސީ ހިޔާނާތުގެ މައްސަލާގައި ފައްޔާޒު ފުލުހަށް ހާޒިރުކުރަނީ

27 މާރިޗު 2024 - 15:12 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އަދަދު


އާރުޑީސީ ހިޔާނާތުގެ މައްސަލާގައި ފައްޔާޒު ފުލުހަށް ހާޒިރުކުރަނީ

27 މާރިޗު 2024 - 15:12 0

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބަލަމުންދާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

ފުލުހުން ފައްޔާޒަށް ފޮނުވާފައިވާ ޗިޓު އޭނާގެ އެކްސް އެކައުންޓުގައި ޕޯސްޓުކުރައްވާފައިވާއިރު، ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ އާރުޑީސީ މައްސަލާގައި ކަމަށެވެ.

އެގޮތުން އާރުޑީސީއިން ކޮށްފައިވާ މުއާމަލާތްތަކެއްގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ކޮށްފައިވާ ކަމަށް ބެލޭވީ ސުވާލު ކުރަން މާދަމާ މެންދުރުފަހު 3:00 ގައި ފުލުހަށް ހާޒިރުކުރަން ވަނީ އަންގާފަ އެވެ.

އެ ޗިޓް ފޮނުވުމާ ގުޅިގެން ފައްޔާޒު "އަދަދު" އަށް ވިދާޅުވީ މާދަމާ ހާޒިރުވެ، ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ވެސް ނޭނގޭ އެ މައްސަލަ އާ އަޅުގަނޑާ ސީދާ ގުޅެނީ ކިހިނެތްކަމެއް،" އޭނާ ވިދާޅުވި އެވެ.

އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ. އެ ޓްރާންސެކްޝަންތަކުގެ ހަގީގަތް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ނޮވެމްބަރު 14، 2023، ގައި ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެފަދަ މައްސަލަތައް ތަހުގީގު ކުރުމަކީ އުނދަގޫ މައްސަލައެއް ކަމަށް ވެސް ފުލުހުން ކުރިން ބުންޏެވެ.