Advertisement

މީޑިއާ ފާސްނެތި ނޫސްވެރިން ރައީސްގެ އިވެންޓުތަކަށް ނުދާން ޕީއެންސީން އަންގައިފި

27 މާރިޗު 2024 - 14:35 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: އިޔާދު އަބްދުލްވައްހާބު


މީޑިއާ ފާސްނެތި ނޫސްވެރިން ރައީސްގެ އިވެންޓުތަކަށް ނުދާން ޕީއެންސީން އަންގައިފި

27 މާރިޗު 2024 - 14:35 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގަންނަވާ އިވެންޓުތަކުގައި މީޑިއާ ފާސްނެތި ނޫސްވެރިން ހަރަކާތްތެރި ނުވާން ވެރިކަންކުރާ ޕާޓީ ޕީއެންސީއިން އަންގައިފި އެވެ.

ޕީއެންސީއިން މިހެން އެންގީ އެ ޕާޓީން މީޑިއާތަކަށް މައުލޫމާތު ދިނުމަށްޓަކާ ނޫސްވެރިންނާއެކު ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކަށް، ތަރުޖަމާނު ހީނާ ވަލީދު ރޭ ދަންވަރު ފޮނުއްވި މެސެޖެއްގެ ޒަރިއްޔާއިންނެވެ.

"މީޑިއާ ފާސްނެތި ރައީސްގެ އިވެންޓުތަކުގައި މީޑިއާގެ ބޭފުޅުންނަށް ހަރަކާތްތެރި ނުވެވޭނެ ތީ، މީޑިއާ ތަކުން ރައީސްގެ އިވެންޓުތައް ކަވާ ކުރެއްވުމަށް ވަޑައިގަންނަވާއިރު ފާސް އާއެކު ވަޑައިގެންނެވުން އެދެން" ހީނާގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ޕީއެންސީއިން މިހެން އަންގާފައިވާއިރު ރައީސުލްޖުމްހުރިއްޔާގެ ރަސްމީ އަދި ސިޔާސީ އިވެންޓުތަކުގައި މީޑިއާ ފާސް ބޭނުންކުރުމަކީ ޕްރޮޓޮކޯލްގެ ދަށުން އަބަދުވެސް ކަން އޮންނަ ގޮތެވެ.

ރިޔާސީ ކެމްޕޭނުގައި މީޑިއާތަކާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށާއި މީޑިއާތަކާ ގިނައިން ބައްދަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، ރައީސް ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ މިހާރު ވަނީ 100 އަށްވުރެ ގިނަ ދުވަސްވެފަ އެވެ.

އެކި އިވެންޓުތަކުގެ ތެރެއިން ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް ރައީސް ގެންދަވަނީ އުޒުރުވެރިވެވަޑައިގަންނަވަމުންނެވެ.

އެންމެ ފަހުން ރައީސް ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލެއްވީ ޑިސެމްބަރު 5، 2023 ގަ އެވެ. އެ ދުވަހު ބޭއްވި ވަޒީރުންގެ ބައްދަލުވުމަށްފަހު، ބައްދަލުވުމުގެ ނިންމުންތައް ހިއްސާކޮށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވި އެވެ.