Advertisement

މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅި ބޭނުންނުކުރަން އަނެއްކާވެސް އެދިއްޖެ

26 މާރިޗު 2024 - 19:18 0

ނިމާ ހަސަން

ނިމާ ހަސަން

މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅި; ބްރިޖުގެ މަސައްކަތް ކުރިއަށް ދާތީ އެ ކަނޑުއޮޅި ބޭނުން ނުކުރަން ތަކުރާރުކޮށް އެދިފައިވޭ -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ


މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅި ބޭނުންނުކުރަން އަނެއްކާވެސް އެދިއްޖެ

26 މާރިޗު 2024 - 19:18 0

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅި އަދި ވިލިމާލެ އާއި ގުޅީފަޅާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރު ނުކުރަން އަނެއްކާވެސް އެދިއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ, މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރު ނުކުރުމަށް ތަކުރާރުކޮށް މަނާކޮށްފައިވީ ނަމަވެސް ބައެއް ފަރާތްތަކުން އަދި ހާއްސަކޮށް ރިސޯޓުތަކުގެ ސްޕީޑް ބޯޓުފަހަރު އެ ކަނޑުއޮޅިތައް ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ކަނޑުއޮޅިތަކުން ދަތުރުކުރުން މަނާކުރީ ކުރީ ތިލަމާލެ ބްރިޖު މަޝްރޫއަށް ބާޖު އަދި ސެލްފް އެލެވޭޓެޑް ޕްލެޓްފޯމުތައް ބޭނުންކޮށްގެން އެ ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދާތީ އެވެ.

"މި ދެ ކަނޑުއޮޅީގައި ވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އާޅާފައި އޮތުމުން މިދެ ކަނޑުއޮޅި ބޭނުން ކުރަމުންދަ އާންމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ," ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ ސަރަހައްދުތަކުން ދަތުރުކުރުން މަނާ ކުރުމުގެ އިތުރަށް, ތަކުރާރުކޮށް އަންގާ އެންގުންތަކާ ހިލާފަށް އެ ސަރަހައްދުތަކުން ދަތުރުކުރާނަމަ, އެއް މަސް ދުވަހަށް ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ދީފައިވެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ނަގައިގެން މާލެ ސަރަހައްދުގެ ހަތަރު ރަށެއް ގުޅުވާލަން 6.7 ކިލޯމީޓަރުގެ ބްރިޖެއް އެޅުމުގެ މަސައްކަތް ކުރަމުން ދަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލު ކޮށްގެންނެވެ.

ބްރިޖް މަޝްރޫއު ތާވަލުކުރީ ދެ މަރުހަލާއަކަށް ބަހާލައިގެން، މޭ 2024 ގެ ނިޔަލަށް ނިންމުމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަޝްރޫއު ލަސްވެގެން ދިޔުމާއެކު އަލަށް އެކުލަވާލި ތާރީހުގައި، ވިލިމާލެއާ ހަމައަށް ބްރިޖު ގުޅައިލަން ޖެހެނީ 2025 ގެ ނިޔަލަށެވެ. އަދި ތިލަފުއްޓާ ހަމައަށް ގުޅާލަން ޖެހެނީ ސެޕްޓެމްބަރު 2026 ގެ ނިޔަލަށެވެ.