Advertisement

ސަރުކާރުން ބުނަނީ ޗައިނާއިން އެތެރެކުރީ ހަދިޔާކުރި ފެން ކަމަށް

26 މާރިޗު 2024 - 16:13 1

ފޮރިން މިނިސްޓްރީގެ އިމާރާތް. ރިޔާއީ ގަނޑުވަރުގައި ބޭނުންކުރަން އަގުބޮޑުކޮށް ފެން ގެނައި ކަމުގެ ވާހަކައެއް ފެތުރުމުން އެ މިނިސްޓްރީން މިއަދު ބަޔާނެއް ނެރުނު. އަދަދު/ފައިލްފޮޓޯ


ސަރުކާރުން ބުނަނީ ޗައިނާއިން އެތެރެކުރީ ހަދިޔާކުރި ފެން ކަމަށް

26 މާރިޗު 2024 - 16:13 1

ޗައިނާގެ އިސް އޮފިޝަލަކު މިދިޔަ އަހަރު ފަހުކޮޅު ރާއްޖެއަށް ވަޑައިގެން ހަދިޔާކުރައްވާނެ ވިދާޅުވި ފެނުގެ ޝިޕްމަންޓެއް މިހާރު ރާއްޖެއަށް އައިސްފައިވާ ކަމަށް ބުނެ، އާއްމު އުސޫލާ ހިލާފަށް ފޮރިން މިނިސްޓްރީން މިއަދު ބަޔާނެއް ނެރެފި އެވެ.

ސަރުކާރުން އާއްމު ގޮތެއްގައި އަމަލުކުރާ އުސޫލަކީ އެހެން ގައުމަކުން އެއްޗެއް ހަދިޔާކުރަން ވައުދުވާ ހިސާބުން، އެކަން ހާމަކުރުމެވެ. އެހެން ނަމަވެސް މިއަދު ނެރުނު ބަޔާނުގައި ހާމަކުރީ ޗައިނާގެ އޮޓޮނޮމަސް ސަރަހައްދެއް ކަމަށްވާ ޝީޒަންގް ގެ ޗެއާމަން މިދިޔަ ނޮވެމްބަރުމަހު ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި، ރާއްޖެއަށް 1،500 ޓަނުގެ ފެން ހަދިޔާކުރައްވަން ގަސްދުކުރައްވާ ކަމަށް ވިދާޅުވި ވާހަކަ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ޝީޒަންގް ގެ ޗެއާމަން އޭރު ވިދާޅުވި ފެނުގެ ޝިޕްމަންޓް މިހާރު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.

"ދިވެހި ސަރުކާރުން ނިންމަވާފައި ވަނީ މި ފެން ބޭނުންކުރާނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ހާލަތްތަކުގައި އެ ރަށްރަށަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ރިޔާސީ ގަނޑުވަރުގައި ބޭނުންކުރުމަށް މިނެރަލައިޒް ފެނުގެ އަގުބޮޑު ބްރޭންޑެއްގެ ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފައިވާ ކަަމަށް ބުނާ ވާހަކަތަކެއް ފެތުރިފައި ވަނިކޮށެވެ.

ޗައިނާއިން ހަދިޔާކުރީ ސީދާ ކޮން ބްރޭންޑެއްގެ ފެނެއް ކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ހާމައެއް ނުކުރެ އެވެ.