Advertisement

މަނާބޭހުގެ މައްސަލައެއްގައި ބްރެޒިލްގެ ގަބިގޯލް ދެ އަހަރަށް ސަސްޕެންޑް

26 މާރިޗު 2024 - 12:47 0


މަނާބޭހުގެ މައްސަލައެއްގައި ބްރެޒިލްގެ ގަބިގޯލް ދެ އަހަރަށް ސަސްޕެންޑް

26 މާރިޗު 2024 - 12:47 0

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މާޗް 26) - ބްރެޒިލްގެ ކްލަބް، ފްލަމެންގޯ އަށް ކުޅެމުން އަންނަ ފޯވާޑް، ގަބްރިއެލް ބާބޯސާ (ގަބިގޯލް)، މަނާބޭހުގެ މައްސަލައެއްގައި ދެ އަހަރު ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.

ބްރެޒިލްގެ އެންޓި ޑޯޕިން އެޖެންސީން ބެލި ބެލުމުގައި ގަބިގޯލް، މަނާބޭސް ބޭނުންކުރިތޯ، އެ އެޖެންސީން ހޯދަން އުޅުމުގެ ތެރޭގައި ކުރި މަސައްކަތުގައި މަކަރު ހަދަން ގަބިގޯލް ވަނީ މަސައްކަތްކޮށްފަ އެެވެ.

އެ ގޮތުން، މިދިޔަ އަހަރުގެ އޭޕްރީލް މަހު، ގަބިގޯލް ވަނީ، ބްރެޒިލްގެ އެންޓި ޑޯޕިން އެޖެންސީން ސާމްޕަލް ދޭން އެދުމުން، އެ ކަމުގައި މަކަރު ހަދަން މަސައްކަތް ކޮށްފަ އެވެ. ގަބިގޯލް އަކީ މީގެ ކުރިން ވެސް ޑޯޕިން މައްސަލައެއްގައި ސުވާލުތަކެއް އަމާޒުވި ކުޅުންތެރިއެކެވެ. އެެހެންވެ، މި ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށް ފަހު، އޭނާ އަށް ސަސްޕެންޝަނެއް ދޭން ނިންމީ އެެވެ.

ކުރިން އިންޓަ މިލާނަށް ވެސް ކުޅުނު ގަބިގޯލް އަށް މި ސަސްޕެންޝަން އެޕީލް ކުރުމުގެ ފުރުސަތު އެބައޮތެވެ.

އެ ގޮތުން، ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި ގަބިގޯލް މި ސަސްޕެންޝަން އެޕީލްކުރަން ކުރާ މަސައްކަތުގައި ފްލަމެންގޯ އިން ވެސް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމައިފަ އެވެ.

މިހާރު އޮތްގޮތުން، މި ސަސްޕެންޝަންގެ ސަބަބުން، ބްރެޒިލް ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު ފޯވާޑް، ގަބިގޯލް އަށް ކުޅުމަށް އެނބުރި އާދެވޭނީ، 2025 ވަނަ އަަހަރުގެ އޭޕްރީލް މަހުގަ އެވެ.