Advertisement

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ހަލީލު އިންޑިއާއަށް

17 މާރިޗު 2025 - 16:31 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ހަލީލު ރައްޔިތުންގެ މަޖިލީހުގައި ވާހަދައްކަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ހަލީލު އިންޑިއާއަށް

17 މާރިޗު 2025 - 16:31 2

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އިންޑިއާއަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަލީލު އެ ގައުމަށް ވަޑައިގަތުމުން ނިއުދިއްލީން މަރުހަބާ ދެންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އަދި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުން ކަމަށެވެ.

މި ދަތުރުގެ ތެރެއިން، މިއަދު ހަވީރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާހު ކުރައްވާ ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ހަލީލު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ޑައިލޮގުގައި ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވެ އެވެ.

މީގެއިތުރުން، މި ޑައިލގޮގުގެ ތެރެއިން މޫސުމީ ބަދަލުތަކާ ގުޅޭ ޕެނަލް ޑިސްކަޝަން އެއްގައި ބައިވެރިވެޑައިގެން ދެއްކެވި ވާހަކައިގައި، މޫސުމާ އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ މިފަދަ ކަންކަމުން ސަލާމަތްވުމަށް ފައިސާ ލިބޭނެ މަގުތައް ހަރުދަނާކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މި ދަތުރުގެ ދިގުމިނެއް ފޮރިން މިނިސްޓްރީން ނުބުނެ އެވެ.

ދަތުރުގެ ތެރެއިން ހަލީލު ބައްދަލުކުރައްވާނެ އިންޑިއާގެ އިސްވެރިންގެ ތެރޭގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ހިމެނެ އެވެ. އަދި، ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަންނަވާ އެހެން ގައުމުތަކުގެ އިސްވެރިންނާވެސް ހަލީލު ބައްދަލުކުރައްވާނެ އެވެ.