Advertisement

ހުލާސާކޮށް އިއްޔެ: އިބްރާހިމް މިޔުޒިކާމެދު ދެކޭ ގޮތާއި އަމަލު ދިމައެއް ނުވޭ!

26 މާރިޗު 2024 - 06:52 2

މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރާ އިބްރާހިމް މުހައްމަދު އަށް ތާއިދު ހޯދުމަށްޓަކައި އާދީއްތަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މައްޗަންގޮޅި އުތުރު ދާއިރާގެ ބައެއް ގެތަކަށް އިބްރާހިމްއާއެކު ވަޑައިގަންނަވަނީ. -- ފޮޓޯ: އިޔާދް އަބްދުލް ވައްހާބް / އަދަދު


ހުލާސާކޮށް އިއްޔެ: އިބްރާހިމް މިޔުޒިކާމެދު ދެކޭ ގޮތާއި އަމަލު ދިމައެއް ނުވޭ!

26 މާރިޗު 2024 - 06:52 2

މީގެ ކުރިން މިޔުޒިކަށް އެތައް ފަހަރަކު ފާޑުކިޔުމަށްފަހު، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅީ އުތުރު ދާއިރާ އަށް ވާދަ ކުރާ މުހައްމަދު އިބްރާހިމް (އިއްބެ ޖަނާބު) ގެ ފޯރިގަދަ ކެމްޕެއިން ލަވައެއް ނެރުނު ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އާދީއްތަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އިބްރާހިމްގެ ދޮރުން ދޮރަށް ކެމްޕެއިނުގެ ތެރެއިން އަދި އޭނާގެ ކެމްޕެއިން ޖަގަހައިގައި ވެސް ވަނީ އެ ލަވަ ބޭނުންކޮށްފަ އެވެ.

ލަވަޔާއި މިޔުޒިކާއެކު ހަދާފައި ހުރި އޭނާގެ ބައެއް ކެމްޕެއިން ވީޑިއޯތައް އިބްރާހިމް ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރިޕޯސްޓުކޮށްފަ އެވެ. ނަމަވެސް އޭނާގެ ކެމްޕެއިން ލަވަ އެކްސްގައި އަމިއްލައަށް ޕޯސްޓްކޮށްފައެއް ނެތެވެ. އެކަމަކު އިބްރާހިމްގެ ކެމްޕެއިން ލަވަ އޭނާގެ ވީޑިއޯއާއެކު އެކްސްގައި އެބަ ދައުރުވެ އެވެ.

އިބްރާހިމްގެ މިފަހަރުގެ ކެމްޕެއިނަށް ލަވައެއް ނެރުނަސް، މިޔުޒިކަކީ ހުއްދަ އެއްޗެއް ކަމަށް އޭނާ މިހާރު ވެސް ގަބޫލެއް ނުކުރެ އެވެ. ކެމްޕެއިން ލަވަ ތައްޔާރު ކުރަމުން ދަނީ ޕާޓީން އާއި ސަޕޯޓަރުން ކަމަށާއި އެކަން ހުއްޓުވެން ނެތް ކަމަށް އިބްރާހިމް ބުންޏެެވެ.

"އަޅުގަނޑަށް ތާއިދުކުރާ މީހުން ވެސް އެބަ ހަދާ ޅެމާއި ބަންޖާ، އެކަންކަމަށް އަޅުގަނޑަށް ނެތް ހުއްޓުވޭކަށެއް. އެކަމަކު އަޅުގަނޑު އަމިއްލަ އަށް އެ ކަހަލަ ކަމެއް ނުކުރަން. ތާއިދުކުރާ މީހުންނާއި ޕާޓީން އެކަން ކުރުމަކީ މުޅީން އެހެން ކަމެއް،" އޭނާ ބުންޏެވެ.

އިބްރާހިމްގެ ކެމްޕޭނުގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތް އިއްޔެ ފެށުމަށް އޭނާގެ ކެމްޕޭން ޖަގަހަ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާވަޑައިގެންނެވިއިރު ވެސް އަޑު ބާރުކޮށް ހުރީ ކެމްޕެއިނު ލަވަ ޖަހައިފަ އެވެ. އެ ލަވަ ޖެހީ ނުރުހުމުގައިތޯ އާއި އެކަން ނުހުއްޓުވީ ކީއްވެގެންތޯ ސުވާލު ކުރުމުން އިބްރާހިމް ބުނީ މި ސުވާލަށް ކުރުކޮށް ޖަވާބު ނުދެވޭނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ތިޔަށް، ދިމާވެގެން ކަންނޭނގެ އެއްޗެއް ނަންގަނެވޭނީ ތަންކޮޅެއް ދިގުކޮށް،" އޭނާ ބުންޏެވެ.

މުހިއްމު ބައެއް ހަބަރު