Advertisement

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަފާޒް އައްޔަަންކޮށްފި

25 މާރިޗު 2024 - 19:23 1

މަފާޒް ކަސްޓަމްސްގެ އިވެންޓެއްގައި: އޭނާއަކީ ކަސްޓަމްސްގެ ހަތަރު ވަނަ ޑެޕިއުޓީ -- ފޮޓޯ: މަފާޒް


ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަފާޒް އައްޔަަންކޮށްފި

25 މާރިޗު 2024 - 19:23 1

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އިބްރާހިމް މަފާޒް އައްޔަންކޮށްފި އެވެ.

ޖުމުލަ 21 އަހަރަށް ވުރެ ގިނަ ދުވަހު ކަސްޓަމްސްގައި ވަޒާފާ އަދާކޮށްފައިވާ މަފާޒް މީގެ ކުރިން ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގަ އެވެ. އެމަގާމުގައި ހުންނެވީ ލޮޖިސްޓިކްސް އެންޑް އެޑްމިނިސްޓްރޭޝަންގެ ވެރިޔާގެ ގޮތުގަ އެވެ.

އޭގެ ކުރިން މަފާޒް އަދާ ކުރެއްވީ ސުޕްރިންޓެންޑެއްގެ ވަޒީފާ އެވެ.

މަފާޒްއަކީ ކަސްޓަމްސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ޔުނިވާސިޓި އޮފް ކެންބެރާ، އޮސްޓްރޭލިޔާއިން މާސްޓާސްއަށް ކިޔަފާއިވާ ބޭފުޅެކެވެ.

މަފާޒްގެ އިތުރުން ވެސް ކަސްޓަމްސްގައި މިވަގުތު ތިން ޑެޕިއުޓީން ތިއްބަވަ އެވެ. އެއީ މަހްމޫދް ރިޔާޒާއި ފާތިމަތު ދިޔާނާ އާއި އަބްދުﷲ ވަހީދެވެ. ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނަވަނީ ޔޫސުފް މާނިއު މުހައްމަދެވެ.