Advertisement

ދޯހާ މަގުން އެތެރެކުރަން އުޅުނު ފަސް ކިލޯ ހެރޮއިން އަތުލައިގަނެފި

20 މާރިޗު 2024 - 09:56 0

ނައްތާލަން ބަހައްޓާފައި ހުރި މަސްތުވާތަކެތި: ދޯހާއިން ޑްރަގު އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރީ ޕާކިސްތާނު މީހެއް -- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު


ދޯހާ މަގުން އެތެރެކުރަން އުޅުނު ފަސް ކިލޯ ހެރޮއިން އަތުލައިގަނެފި

20 މާރިޗު 2024 - 09:56 0

ގަތަރުގެ ދޯހާއިން ރާއްޖެއަށް ވައިގެ މަގުން އެތެރެވާން އުޅުނު ޕާކިސްތާނުގެ ފަސިންޖަރެއްގެ ލަގެޖުން ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފި އެވެ.

ކަސްޓަމްސްއިން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުގައި މި ތަކެތި އަތުލައިގަތީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރާއްޖެ އައި ޕާކިސްތާނުގެ 56 އަހަރުގެ ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން ބަލައިފާސްކުރުމުގެ ތެރޭގަ އެވެ.

ބަލައިފާސްކުރަމުން ދަނިކޮށް ފެނުނު މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު ޕޮޒިޓިވްވީ ހެރޮއިންއަށެވެ. ކަސްޓަމްސްއިން ބުނީ މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 5.30 ކިލޯ ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގަކީ 5.3 މިލިއަން ރުފިޔާ ކަމަށެވެ.

ކަސްޓަމްސްއިން ވަނީ މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު ފުލުހުންނާ ހަވާލުކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ ރެކޯޑުތަކުން ފެންނަ ގޮތުގައި ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުކުރަން އަމަރުކޮށްފަ އެވެ.